ފިނި މޫސުމުގައި ޔޫކްރެއިންގެ އެތައް މިލިއަން މީހުންގެ ފުރާނައަށް ނުރައްކާވެ ދިރިހުރުމާއި ހަނގުރާމަ ކުރާނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯއިން މިކަން ހާމަކޮށްފައިވާއިރު، ޔޫކްރެއިންގެ ހަކަތައާއި ގުޅުންހުރި އިމާރާތްތަކުގެ ދެބައިކުޅަ އެއްބައި އިމާރާތްތަކަށް ވަނީ ގެއްލުން ލިބި ނުވަތަ އެއްކޮށް ނައްތާލާފައެވެ. އަދި މިހާރުވެސް އެގައުމުގެ 10 މިލިއަން ރައްޔިތުން އުޅެނީ އެއްވެސް މިންވަރަކަށް ކަރަންޓު ނުލިބިކަމަށް އެޖަމިއްޔާއިން ބުނެއެވެ.

ރަޝިޔާ - ޔޫކްރެއިންގެ ހަނގުރާމަ ފެށުން ފަހުން ޔޫކްރެއިންގެ ސިއްހީ އިދާރާތަކަށާއި އިމާރާތްތަކަށް 703 ހަމަލާ ދީފައިވާކަމަށް ވަނީ ރިކޯޑް ކުރެވިފައެވެ.

ހުސްވި ހަފްތާގައިވެސް ވައިގެ މަގުން ދިން ބޮމުގެ ހަމަލާތަކުގައި ހަކަތަ ފޯރުކޮށްދޭ އިމާރާތްތަކަށް އަދި އާންމު ގެތަކަށް އެތައް ހަމަލާތަކެއް ދީފައިވެއެވެ. މިއީ ވައިގެ މަގުން މިހާތަނަށް ދިން އެންމެ ވަރުގަ ހަމަލާތަކެވެ.

މިއީ ހަނގުރާމައިގެ މައިދާނުގައި ކުރިމަތިވި ނާކާމިޔާބީތަކާ ގުޅިގެން ރަޝިޔާއިން ފަހަކަށް އައިސް ގެންގުޅޭ އުކުޅެއްކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ފިނި މޫސުމް ފެށުމުގެ ކުރިންވެސް މީގެ ނަތީޖާއާއި ޔޫކްރެއިންއިން މިވަނީ ކުރިމަތިލާން ޖެހިފައެވެ.

މި ފިނި މޫސުމް ޔޫކްރެއިންއަށް ވާނީ ދިރިހުރުމަށް ކުރާ ހަނގުރާމައަކަށްކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

ހަމަލާތަކާއި ގުޅިގެން އެތައްސަތޭކަ ހޮސްޕިޓަލްތަކަކާއި ސިއްހީ ފަރުވާދޭ މަރުކަޒުތައް މިވަގުތު ވަނީ ހިދުމަތް ނުދެވޭ ހާލަތަށް ގޮސްފައެވެ. މިތަންތަނަށް ޒަރޫރީ މިންވަރަށް ބޭނުންވާ ތެލާއި، ފެން އަދި ކަރަންޓުވެސް ނުލިބެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *