އިންޑިއާގައި ޕްރަކާޝް ޖައިރަމް ދެސާއީ ވަނީ މަގުމައްޗަށް ގެރިތަކެއް ދޫކޮށްލުމުން ޖަލަށް ލައިފައެވެ. އެގޮތުން އޭނާ ޖަލަށްލީ އާއްމުންނަށް ގެއްލުންވެދާނެ ފަދަ ގޮތަކަށް ގެރިތައް މަގުމައްޗަށް ދޫކޮށްލުމުންނެވެ.

ގުޖުރާތަކީ އެއްވެސް ވަރަކަށް އަޅާނުލާ, މީހެއްގެ ބެލުމަކާއި ނުލާ މަގުމައްޗަށް ގެރި ދޫކޮށްފަ ހުންނަ އިންޑިއާގެ ސްޓޭޓްތަކުގެ ތެރޭގައި ހިމެނޭ ސްޓޭޓެކެވެ. މަގުމައްޗަށް ގެރިތައް ދޫކޮށްލި މީހާގެ މައްސަލަ ބެލި ގުޖުރާތުގެ ކޯޓުން ބުނެފައިވަނީ، އެމީހާއަށް އެހާ ބޮޑު އަދަބެއް ދޭން ނިންމީ، އެކަމަކީ މިހާރު ވަރަށް ބޮޑަށް އާއްމުވެފައިވާ ކަމަކަށް ވާތީ އެކަން ހުއްޓުވުމަށް ކަމަށެވެ.

ގެރިއަކީ އިންޑިއާގައި ވަރަށް މާތް ދަރަޖެއް ދީފައިވާ ޖަނަވާރެކެވެ. އެގޮތުން އެމީހުންގެ އަޅުކަމާއި ގެރި ވަނީ ގުޅިފައެވެ.

ގުޖްރާތު ހިމަނައިގެން އިންޑިއާގެ 18 ސްޓޭޓެއްގައި ގެރި ކަތިލުމަކީވެސް ގާނޫނީ ގޮތުން މަނާކޮށްފައިވާ ކަމެކެވެ. 2017 ވަނަ އަހަރު ގުޖްރާތުގައި ވަނީ ގެރި ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ގެރި ކަތިލާ މީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއްވެސް ދެވިދާނެ ގޮތަށް ނިންމާފައިއެވެ.

ގެރި ކަތިލާ ހެދުން މަނާކޮށް، އެކަން ކުރާ މީހުންނަށް އަދަބު ދޭން ފެށިފަހުން، އެއްވެސް މީހެއްގެ ބެލުމަކާއި ނުލާ މަގުމައްޗަށް ގެރި ދޫކުރާ މައްސަލަ ވަނީ ގުޖްރާތުގައި އިތުރުވެފައެވެ.

ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މަގުމައްޗަށް އެއްވެސް އަޅާލުމެއް ނެތި ގެރި ދޫކޮށްލާތީ، މީހުންގެ ފުރާނަ ގޮސް، މީހުންނަށް އެތަކެއް އަނިޔާތަކެއް ދަނީ ވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *