ކްރިސްޓިއާނޯ ރޮނާލްޑޯ

އިންސްޓަގްރާމްގައި 500 މިލިއަން މީހުން ފޮލޯކުރި ފުރަތަމަ ކުޅިވަރު ޝަޚްސިއްޔަތަކަށް ކްރިސްޓިއާނޯ ރޮނާލްޑޯވެއްޖެއެވެ.

ރޮނާލްޑޯއަކީ އިންސްޓަގްރާމްގައި އެކްޓިވް ކުޅިވަރު ޝަޚްސިއްޔަތުތަކުގެ ތެރެއިން އެންމެ އަގުބޮޑު އެއް ކުޅުންތެރިޔާއެވެ.

އިންސްޓަގްރާމްގެ އިތުރުން ބައެއް އެހެން ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގައިވެސް ރޮނާލްޑޯއަކީ މަގްބޫލު ކުޅުންތެރިޔެކެވެ. ޓުވިޓަރގައި 105 މިލިއަން މީހުން ރޮނާލްޑޯއަށް ފޮލޯކުރާއިރު ފޭސްބުކްގައި 154 މިލިއަން މީހުން އޭނާއަށް ފޮލޯކުރެއެވެ.

ވޯލްޑް ކަޕް ފެށެން ގާތްވެފައި ވަނިކޮށް އޭނާ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަށް މުޅި ދުނިޔޭގެ ނަޒަރު ހުއްޓުނެވެ. ފޮޓޯގައި ފެންނަނީ އޭނާ އާއި މެސީ ރާޒުވާ ގަނޑެއް ކުޅެން ތިއްބައެވެ. ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ "ކާމިޔާބަކީ ސިކުނޑީގެ ޙާލަތެކެވެ" މިހެންނެވެ. މިފޮޓޯ ރޮނާލްޑޯއާއެކު މެސީވެސް ހިއްސާކޮށްފައިވެއެވެ.

އިންސްޓްގްރާމްގައި ރޮނާލްޑޯ ހިއްސާކުރި ފޮޓޯ

އުމުރުން 37 އަހަރުގެ ރޮނާލްޑޯއަކީ މިއަދުވެސް ދުނިޔޭގައި އެންމެ ގިނަ ބަޔަކު އެންމެ ބޮޑަށް ސަޕޯޓުކުރާ އެއް ކުޅުންތެރިޔާއެވެ. މިހާރު ކުރިއަށްދާ ވޯލްޑް ކަޕްއަކީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށް ބެލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *