ކަނޑުފަޅުގެ ނަފާ ލޯނު ޕްރޮގްރާމުގެ ދަށުން މަސްދޯނި ފަހަރުގައި ލޮނު ފެނުން މަސްފިނިކުރާ
ނިޒާމު ޤާޢިމުކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ކަނޑުފަޅު ނަފާ ލޯނު ޕްރޮގްރާމަށް ހުޅުވާލާ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މިއަދު ވަނީ ލޯނަށް އުސޫލު އާންމުކޮށްފައެވެ.
މިނިސްޓްރީން ބުނީ މިއަދު ހުޅުވާލި 'ކަނޑުފަޅު ނަފާ' ޕްރޮގްރާމަކީ މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ލިބުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނާއި، އައިސް ހޯދުމަށް މަސްވެރި އުޅަނދުފަހަރުން ކުރާ ހޭދަ ކުޑަކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މަސް ދޯނިފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމުކުރުމަށް ހުޅުވާލާ ޕްރޮގްރާމެއް ކަމަށެވެ.
ކަނޑުފަޅު ނަފާ ލޯނު ޕްރޮގްރާމަށް ހުޅުވާލުން:- https://t.co/9knUtCL8v3
ލޯނު އުޞޫލު:-https://t.co/KG8fYvDYAK pic.twitter.com/Ugcn5HgEVK— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) November 22, 2022
ކަނޑުފަޅު ނަފާ ލޯނު ޕްރޮގްރާމުގެ މިފިޔަވަހީގައި މަދުވެގެން 68 ދޯނީގައި ލޮނު ފެން ފިނިކުރާ ނިޒާމު ޤާއިމުކުރުމަށް
ބޭނުންވާ ލޯނު، 34 މިލިއަން ރުފިޔާއާއި ހަމައަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުނއެވެ.
އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) އާއި ގުޅިގެން ކުރިއަށް ގެންދާ މިލޯނު ޕްރޮގްރާމުގައި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން އެޕްލިކޭޝަންތައް ވަޒަންކުރުމަށްފަހުގައެވެ.
މިލޯނަށް އެދި ހުށަހަޅާނީ އެސް.ޑީ.އެފް.ސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް 28 ނޮވެމްބަރު 2022 ން ފެށިގެން ކަމަށް މިނިސްޓްރީން ބުނެއެވެ. މި ލޯނު ޕްރޮގްރާމާ ގުޅޭ އިތުރު ތަފްޞީލު ހިމެނޭ ލޯނުގެ އުޞޫލު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި މި ލޯނު ޕްރޮގްރާމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު މިނިސްޓްރީއަށް ގުޅައިގެންވެސް ސާފުކުރެވޭނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ.