ޑްރަގާއި އެކު ހައްޔަރު ކުރި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރެއް ސަސްފެންޑް ކޮށްފިއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ޖަލަށް މަނާތަކެތި ވައްދާ ކަމަށް ޝައްކު ކުރެވިގެން ފުލުހުންނާއި އެކު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ކޮމިޝަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވިއެވެ.
ޖަލަށް މަނާތަކެތި ވައްދާ ކަމަށް ޝައްކުރެވިގެން ދިވެހި ފުލުހުންގެ ހިދުމަތާއި ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަނީ މިސަރވިސްގެ އޮފިސަރެށް މަސްތުވާ ތަކެއްޗާއި އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފަ. މިކަމާ ގުޅިގެން މި އޮފިސަރު ވާނީ ވަޒީފާއިން ސަސްޕެންޑު ކުރެވިފަ.
މި އޮފިސަރު ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ. ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ މާފުށީ ޖަލުގައި މަސައްކަތް ކުރާ ފިރިހެން އޮފިސަރެކެވެ.
އޭނާގެ އަތުން ފެނިފައިވަނީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއްކަމެއް އަދި ފުލުހުންނާއި ކަރެކްޝަނަލް ސާވިސް އިންވެސް ހާމަކޮށްފައެއް ނުވެއެވެ.
މީގެ ކުރިންވެސް ޖަލުތަކަށް މަސްތުވާ ތަކެއްޗާއި މޯބައިލް ފޯނު އެތެރެކޮށްދޭ ޕްރިޒަން އޮފިސަރުން ފާހަގަ ކުރެވޭ އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާފައިވެއެވެ.