ސޫތުކުޅި ބަނދަރުގެ އޮޑިވެރިންގެ އެސޯސިއޭޝަނުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އާއި ސީނިއާ މެނޭޖުމެންޓާއި ބައްދަލު ކުރެެއްވުން - ފޮޓޯ: އެމްޕީއެލް

އިންޑިއާގެ ސޫތުކުޅި (ޓޮޓިކޮރިން) ގެ ކޯސްޓަލް މެކަނައިޒްޑް ސެއިލް ވެސަލް އެސޯސިއޭޝަންގެ މަތީ ވަފުދެއް ސޫތުކުޅި ބަނދަރާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ވިޔަފާރި ގުޅުން ރަނގަޅުކޮށް ވިޔަފާރީގެ ފުރުސަތުތައް ފުޅާ ކުރުމަށް މަޝްވަރާ ކުރެއްވުމަށް ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

މާދަމާގެ ނިޔަލަށް މި ވަފުދުން ރާއްޖޭގައި އެކި ފަރާތްތަކާއި އެކު މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާއިރު އެމްޕިއެލް އިން ބުނީ އެވަފްދުން މާލޭ ވިޔަފާރި ބަނދަރަށް ޒިޔާރަތްކޮށް، އެމްޕީއެލްގެ ކަމާއި ގުޅޭ ޑިޕާޓްމެންޓަތާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި އެމްޕީއެލްގެ މެނޭޖްމެންޓާއި އެކުވެސް ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

ސޫތުކުޅި ބަނދަރުގެ އޮޑިވެރިންގެ އެސޯސިއޭޝަނުން އެމްޕީއެލްގެ ސީއީއޯ އާއި ބައްދަލު ކުރެެއްވުން - ފޮޓޯ: އެމްޕީއެލް

އިންޑިއާ ވަފްދުގެ މި ދަތުރުގައި އެމްޕީއެލްގެ ދެ ރީޖަނަލް ޕޯޓް، ކުޅުދުއްފުށީ ޕޯޓާއި ސ. ހިތަދޫ ޕޯޓަށް ޒިޔާރަތް ކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި މި ދެ ސަރަހައްދީ ބަނދަރު ނިސްބަތްވާ ސަރަހައްދުތަކުގެ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލުތަކާއި އެ ސަރަހައްދުގެ ވިޔަފާރިވެރިންނާއި، މަދަނީ ޖަމްއިއްޔާތައް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަށް ހިމެނޭ ގޮތަށް މި ވަފްދާއި އެކު މަޝްވަރާ ބައްދަލުވުންތައް ބޭވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ. 

ސީ.އެމް.އެސް.ވީ.އޯ.އޭ ގެ މި ވަފްދު މާލެ އައިސްފައިވަނީ މިމަހުގެ 20 ވަނަ ދުވަހެވެ. މި ވަފްދުގައި ދިވެހިރާއްޖޭއަށް ސޫތުކުޅިން އާންމުގޮތެއްގައި ކާބޯތަކެއްޗާއި އެހެނިހެން މުދާ ގެންނަ އުޅަނދު ފަހަރުގެ ވެރިން ހިމެނެއެވެ.

މި ޖަމްއިއްޔާއަކީ 100 އަހަރަށްވުރެ ދިގު ތާރީހެއް އޮތް ޖަމްއިއްޔާއެކެވެ. އަދި ސޫތުކުޅީގެ އުޅަނދު ފަހަރުތަކަކީ ޒަމާނުންސުރެ ދިވެހިރާއްޖެއަށް ކާބޯތަކެއްޗާއި އެހެނިހެން މުދާ ގެންނަ އުޅަނދުފަހަރުތައް ކަމަށް އެމްޕީއެލް އިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *