ރެހެންދި ސުކޫލުގެ ދަރިވަރުންތަކެއް - ފޮޓޯ: އަލީ ނައީމް

ރެހެންދި ސުކޫލުގެ ކެޑޭޓްކޯގެ ހަރަކާތެއްގެ ތެރެއިން އަންހެން ދަރިވަރުންތަކެއްގެ ހެދުން ބާލުވައި ހައި ޕްރެޝަރުގައި ފެންޖެހިކަމަށް ބުނެ ފަތުރާ ޚަބަރު ރެހެންދި ސުކޫލުން ދޮގުކޮށްފިއެވެ.

މިކަމާ ގުޅިގެން ރެހެންދި ސުކޫލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޮންލައިން ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތަށް ރެހެންދި ސުކޫލުގެ ކެޑޭޓް ހަރަކާތުގައި އެއްވެސް ކަމެއް ހިނގާފައިނުވާ

ރެހެންދި ސްކޫލުން ނެރުނު ބަޔާނުގައި ބުނީ އެ ސްކޫލުން ކުރިއަށްގެންދިޔަ ހަރަކާތާއި ގުޅިގެން އެ ސްކޫލުގެ އެއްވެސް ބެލެނިވެރިއަކު މީޑިއާގައި ދައުރުވަމުންދާ ފަދަ ހާދިސާއެއް ރިޕޯޓްކޮށްފައިނުވާކަމަށެވެ. އަދި ސްކޫލުގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކަމަށް ބުނެ ސްކޫލުގެ ރަޖިސްޓްރީގައި ނެތް ފަރާތަކުން ސްކޫލުގެ ނަމާއި، ކެޑޭޓްކޯ އަދި ދަރިވަރުންގެ އަބުރާއި ކަރާމާތަށް ގެއްލުން ލިބޭފަދަ ވާހަކަތައް ފަތުރަމުންދާތީ، އެކަން އެގޮތަށް ނުކުރުމަށް އެ ސްކޫލުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން ރެހެންދި ސުކޫލުގެ ކޭޑޭޓް ހަރަކާތް ކުރިއަށް ދިޔައިރު ފިރިހެން ދަރިވަރުންނަށް ފިރިހެން މުދައްބިރުންނާއި އަންހެން ދަރިވަރުންނަށް އަންހެން މުދައްބިރުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. ހުރިހާ ވަގުތެއްގައިވެސް ކުދިން ކައިރި މުދައްބިރުން  ހަރަކާތްތެރިވެފައިވާ ކަމަށް ވެސް އެ ސުކޫލުން ފާހަގަކުރިއެވެ.

ރެހެންދި ސުކޫލުން އިތުރަށް ބުނީ، ކޭމްޕުގައި ކޮންމެ ދުވަހަކު ފީޑްބެކް ސެޝަންތައް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، އެ ހަރަކާތް ނިމުނުއިރުވެސް އެއްވެސް ދަރިވަރަކު އަދި މުދައްބިރެއްގެ ފަރާތުން އެއްވެސް ކަހަލަ ޝަކުވާއެއް ލިބިފައިނުވާ ކަމަށެވެ.

އެހެންކަމުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ޚަބަރާގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާއި، މޯލްޑިވްސް ކެޑޭޓް ކޯރ އަދި ރެހެންދި ސްކޫލް ގުޅިގެން މިކަން އިތުރަށް ބެލިބެލުމުން ކެޑޭޓް ކޭމްޕާއި ގުޅޭގޮތުން ބައެއް ނޫސްތަކުގައި ޝާޢިއުކޮށްފައިވާ ޚަބަރަކީ، އެ ޚަބަރުތަކުގައި ހާމަކޮށްފައިވާ ބީދައިން ކަންހިނގާފައިނުވާ، ޙަޤީޤަތެއްނެތް ވާހަކައެއްކަމަށް ރެހެންދި ސްކޫލުގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެފަދަގޮތަކަށް އެއްވެސްކަމެއް ހިނގާފައިނުވާކަމުގެ ޔަޤީންކަން އެ ސްކޫލުން ވަނީ އަރުވާފައެވެ.

މިމަހުގެ 10 އިން 12 އަށް ރެހެންދި ސްކޫލުގައި ކުރިއަށްގެންދިޔަ މި ކެޑޭޓް ކޭމްޕުގައި ޖުމްލަ 200 ކެޓޭޓް ދަރިވަރުން ބައިވެރިވެފައިވާއިރު، މީގެ ތެރޭގައި 78 އަންހެން ދަރިވަރުންނާއި، 122 ފިރިހެން ދަރިވަރުން ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *