ޚަބަރުރިޕޯޓްދުނިޔެ

ގަތަރުން އިވޭ 'ޝޫމީލާ'ގެ އަޑު އަހައިފިންތަ؟

"ޝޫމީލާ" މި ބަހަކީ މީގެ ކުރިން މަދު ބަޔަކަށް އެނގޭ އެއްޗެކެވެ. މި ލަފްޒް އަދި މި ލަވަ މިއަދު ވެފައިވަނީ ޤަތަރު ފަހުރަކަށެވެ. ޤަތަރުގެ ފަހުރަކަށް މި ލަވަ ވެގެންދިޔައީ ސަރައްދީ ގައުމުތަކުގެ އިސްވެރިން ބޮއިކޮޓް ކޮށްފައި އޮތް ޤަތަރުން 2017 އަދި 2019 ގައި އޭޝީއަން ކަޕް ފުޓްބޯޅަ ޓޯނަމަންޓް ކާމިޔާބުކުރި ހިސާބުންނެވެ.

ޝޫމީލާ ޝޫމީލާ ފުޓުބޯޅަ ދަނޑުން އުފެދިގެން ނައިކަމުގައިވިޔަސް މި ލަވަ ޤަތަރުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ނުރަސްމީ ލަވައަކަށް ވުމަކަށް ހުރަހެއް ނެތެވެ.

މިއަދު ޤަތަރުގައި ފަށާ ވޯލްޑް ކަޕަށް ޤަތަރު ތައްޔާރުވެފައިވާއިރު އަނެއްކާވެސް މި ލަވައިގެ އަޑު މި ވަނީ ގަދަވެފައެވެ. ޤަތަރާއި އެގައުމުގެ ލީޑަރަށް އޮތް ތާއީދާއި ޝުކުރުވެރިކަމުގެ ބަދަހި ގުޅުން ސިފަކޮށްދޭ މި ލަވައިން ޤަތަރުގެ ހިތާއި ސިކުނޑި ދަމައިގަނެއެވެ.

ކޯޓްޝިޕްގެ ބަސް މެޓަފޯރެއްގެ ގޮތުގައި ބޭނުންކޮށްގެން ގައުމަކާއި އެގައުމެއްގެ ލީޑަރާ ދެމެދު އޮންނަ ތާއީދާއި ޝުކުރުވެރިކަމުގެ ގުޅުމެއް ސިފަކޮށްދިން މި ލަވައިން ގަތަރުގެ ހިތާއި ސިކުނޑި ވަގުތުން އަތުލައިގަތެވެ. ކައިވެނި ޕާޓީތަކުގައި ވެސް ހުރިހާ ތަނެއްގައި ކުޅެމުން ދިޔައެވެ.

ޝޫމީލާ، ޝޫމީލާ ޤަތަރުގެ ގައުމީ ފުޓްބޯޅަ ޓީމާއި ގުޅުވުނީ ކީއްވެ؟

2019 ވަނަ އަހަރު އޭޝިއަން ކަޕްގެ ސެމީ ފައިނަލްގައި ޔޫއޭއީ އަތުން މޮޅުވުމަށްފަހު ޤަތަރުގެ ކުޅުންތެރިން މަޑުކޮށްލައިގެން ތިބި 'ލޮކާ ރޫމް' ގައި މިލަވަ ކީ ކަމަށްވެއެވެ. އަބޫދާބީގައި އޮތް އެ މެޗުގައި އެ ކުޅުންތެރިން މި ލަވަކީ އޭޝިއަން ކަޕް އެއަށް ހައްގު ގައުމު އިހްތިޔާރު ކުރުމަށް އިޝާރާތްކޮށް ކަމަށްވެސް ބުނެވެއެވެ.

ޤަތަރު ގައުމީ ޓީމުގެ ކުޅުންތެރިން ކީ މިލަވައިގެ ވީޑިއޯ ޖެހިގެން އައި ދުވަހު ޓްވިޓަރގައި އާންމުވެސް ދައުރުވަމުން ދިޔައެވެ. އެ ދުވަހަކީ އޭޝިއަން ކަޕްގެ ފައިނަލަށް ޤަތަރުން ޖަޕާނާއި ދެކޮޅަށް ނިކުންނަން އޮތް ދުވަހެވެ.

2019 ވަނަ އަހަރުގެ އޭޝިއަން ކަޕް ޤަތަރު ކާމިޔާބު ކުރުމަށްފަހު އުފާ ފާޅުކުރަނީ

އެ ދުވަހު އެލަވަ ކިޔަށް ފެއްޓި ކުޅުންތެރިޔާ ބުނެފައިވަނީ އޭނާގެ ޓީމުގެ އެހެން މީހުންނާއެކު ޑީލެއް ހެދި ކަމަށާއި، އެއީ މެޗު ފެށުމުގެ ކުރިން ކުޅުންތެރިން މޮޓިވޭޓް ކުރުމަށް އަދި މެޗު ނިމުމަށްފަހު ސެލެބްރޭޓް ކުރުމަށް ޝޫމީލާ ލަވަ ޖަހާލުން ކަމަށެވެ.

މުޅި ލަވައިގެ ރިލިކްސް ނޭންގޭ ކުޅުންތެރިންވެސް ޤަތަރަށް އިތުރު ބާރު ލިބެމުންދިޔަ ކަމުގެ އިހުސާސް އެޓީމަށް ކުރެވުނު ކަމަށް އޭނާ ބުންޏެވެ. ޤަތަރު މީހުންނަށް މިހާރު މިލަވައަކީ އެމީހުންގެ 'ފުޓްބޯލް އެންތަމް' އެވެ. ކުޅުންތެރިން މޮޓިވޭޓް ކުރުވާ ކާމިޔާބު ހޯދުމަށް، މި ލަވަ މިހާރު ވަނީ ހަރުލައްވާފައެވެ.

މިދިޔަ އަހަރު ފީފާ އެރެބް ކަޕްގައި ޤަތަރަށް ބަހްރެއިން އަތުުން 0-1 އިން މޮޅުވި މެޗަށްފަހު އަލް ބައިތް ސްޓޭޑިއަމަށް އެއްވެފައި ތިބި، ގާތްގަނޑަކަށް 60،000 ހާސް މީހުން ވަނީ "ޝޫމީލާ" ލަވަ ކިޔާފައެވެ.

މިއަދު ޤަތަރުން ކުޅެން ނިކުންނަ ވޯލްޑްކަޕްގައިވެސް "ޝޫމީލާ، ޝޫމީލާ"ގެ އަޑު ގަދަވާނެއެވެ.

ޝޫމިލާ (އޭނާއަށް އުންމީދުކުރުން) އަކީ ކައިވެނީގެ އުމުރުގެ ޒުވާން އަންހެނުންނަށް ބައިވެރިއެއްގެ ގޮތުގައި އެންމެ މޮޅު ހަނގުރާމަވެރިޔާ ހޮވުމަށް ނަސޭހަތްތެރިވުމަށް ފަހުގެ ސަގާފަތުގައި ބޭނުންކުރާ މުސްކުޅި ޢަރަބި އިބާރާތެކެވެ.

މި ލަވަ އެންމެ ފުރަތަމަ ފާހަގަކޮށްލެވުނީ އަވަށްޓެރި ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު އަދި ބަހްރެއިން އިން ޤަތަރާއި އެކު އޮންނަ ހުރިހާ ގުޅުންތަކެއް ކަނޑާލިފަހުން، 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ގަތަރުން ފާހަގަ ކުރި ފުރަތަމަ ގައުމީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިންނެވެ.

އެ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހު އެ ހަތަރު ގައުމުން ވަނީ ގަތަރާ އެކު ޑިޕްލޮމެޓިކް އަދި ވިޔަފާރީގެ ގުޅުން ކަނޑާލައި، ގަތަރުން "ޓެރަރިޒަމަށް" ތާއީދުކުރާ އަދި ވާދަވެރި އީރާނާ މާ ގާތް ކަމަށް ބުނެ ކަނޑާއި ބިމާއި ވައިގެ މަގުން ބްލޮކް ކޮށްފައެވެ. ގަތަރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

0
0
0
0
0

ކޮމެންޓް

Your email address will not be published. Required fields are marked *

0 %