ފެނަކަ ކޯޕަރޭޝަން އިން އައިސް ޕްލާންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަން އިން ބުނީ، ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން އަލަށް ހަވާލުވި 14 އައިސް ޕްލާންޓްގެ މުވައްޒަފުން ތަމްރީންކުރުމުގެ ގޮތުން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާއި ގުޅިގެން ސެޓްފިކެޓް 3 އިން ރެފްރިޖަރޭޝަން އެންޑް މެއިންޓެނެންސް ކޯހެއް ފަށައިފާއިވާ ކަމަށެވެ.

32 ބައިވެރިންނާއިއެކު ކުރިޔަށް ގެންދާ އެކޯސް ފަށާފައިވަނީ މިމަހުގެ 15 ގައެވެ. ކޯހުގެ މައިގަނޑު މަގްސަދަކީ ރެފްރިޖަރޭޝަން ދާއިރާއިން ގިނަ މުވައްޒަފުން ތަމްރީނު ކުރުމާއި، މަސްވެރިންނަށް ދެވޭ ހިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރުން ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން އެ ކޯހާއި ގުޅޭގޮތުން މައުލޫމާތު ދެމުން އިތުރަށް ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަން ބަލަހައްޓާނެ ގޮތްތަކާއި، އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކްސް ޕްރިންސިޕަލް، ރެފްރިޖަރޭޝަންގެ ސައިސަލް، ރެފްރިޖަރޭޝަންގައި ބޭނުންކުރާ ސާމާނުފަދަ ކަންކަން މި ކޯހުގައި ކިޔައިދޭނެ ކަމަށާއި، އަމަލީގޮތުން އެމަސައްކަތްތައް ދަސްކޮށްދޭނެ ކަމަށެވެ.

މީގެއިތުރުން، ކޮންމެ އައިސް ޕްލާންޓަކުން އެންމެ މަދުވެގެން 2 މުވައްޒަފުން ތަމްރީނު ކުރެވިގެން ދާ އެ ކޯސް ނިމުމުން، އައިސް ޕްލާންޓަށް ދިމަވާ މައްސަލަތައް އެ ބްރާންޗެއްގެ މުވައްޒަފުންނަށް ހައްލުކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *