ދިވެހިންގެ  މެދުގައި  ވޯލްޑްކަޕްގެ  ފޯރި  އިތުރުކުރުމަށް  ވޯލްޑްކަޕާއި  ދިމާކޮށް  އުރީދޫއިން  ހާއްސަ  ޕެކޭޖްތަކެއް  ފަށައިފިއެވެ.

އުރީދޫއިން ތައާރަފްކުރި "ގަތަރު ރޯމިންގް ޕެކް" އަކީ ވޯލްޑް ކަޕްގެ ދުވަސްވަރުގައި ގަތަރަށް ދާ މީހުންނަށް ހާއްސަ ޕެކްއެކެވެ. އެ ޕެކް އެކްޓިވޭޓް ކުރުމުން 1000 ރުފިޔާއަށް 1ޓީބީ ޑޭޓާ އުރީދޫ ގަތަރުގެ 4ޖީ އަދި 5ޖީ ނެޓްވޯކްގައި ބޭނުން ކޮށްލެވޭނެއެވެ.

މިއަދުން ފެށިގެން އުރީދޫ އެޕް ނުވަތަ *929# އަށް ޑައެލް ކޮށްލައިގެން ޕެކް އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.

އުރީދޫއިން  ވަނީ، ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ އޮފިޝަލް ސައުންޑް ޓްރެކެއް ކަމުގައިވާ "އަރްބޯ" ލަވައިގެ މިއުޒިކަށް ތައްޔާރުކޮށްފައިވާ ދިވެހި  ލަވައެއް  ވެސް  އިއްޔެ  ނެރެފައެވެ.

އުރީދޫއިން ބުނެފައިވާގޮތުގައި އުރީދޫ މޯލްޑިވްސްގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން އުރީދޫއިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކޮށް އިތުރު ފުރުސަތުތަކާއި ތަޖުރިބާ ފަހި ކޮށްދިނުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *