ހުޅުމާލޭގައި ވޯލްޑްކަޕް ބެލުމަށް ބޮޑު ސްކްރީން ބަހައްޓަން ތައްޔަރުވަނީ/ ފޮޓޯ: އެޗްޑީސީ

ފީފާ ވޯލްޑްކަޕްގެ މެޗްތައް ބެލުމަށް ރާއްޖޭގައި ބެހެއްޓޭ އެންމެ ބޮޑު ދެ ސްކްރީން ހުޅުމާލޭގެ 2 ސަރަހައްދެއްގައި ބެހައްޓާނެ ކަމަށް ހައުސިންގް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އެޗްޑީސީ އިން ބުނީ، ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގެ މެޗްތައް ހުޅުމާލޭގައި ދިިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއިއެކު ބެލޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށްޓަކައި، ހުޅުމާލެ ދެ ސަރަހައްދެއްގައި ބޮޑު ސްކްރީން ބެހެއްޓިފައިވާ ކަމަށެވެ. ހުޅުމާލޭގައި ބޮޑު ސްކްރީން ބެހެއްޓުމަށް ހަމަޖެހިފައިވާ ދެ ސަރަހައްދަކީ، ހުޅުމާލެ ސިންތެޓިކް ޓްރެކް ސަރަހައްދާއި ހިޔާ ސަރަހައްދެވެ.

ހުޅުމާލޭގައި ސްކްރީން ބެހެއްޓުމުގެ މަސައްކަތުގައި ގިނަ ބަޔަކު އެހީތެރިވިކަން އެޗްޑީސީއިން ފާހަގަކުރިއެވެ. އެގޮތުން، ސްކްރީން ބެހެއްޓުމަށް ލެޑް ޕެނަލް ދިނީ ސްޓެލްކޯއިން ކަމަށާއި، ޕްރިންޓިންގ ޕާޓްނާގެ ގޮތުގައި ތިންކް, ބެވެރެޖް ޕާޓްނާރގެ ގޮތުގައި ކޮކާކޯލާ އަދި ސަޕޯޓިންގ ޕާޓްނަރުގެ ގޮތުގައި ހިމެނޭ ވެލިގާއިން ވަރަށް ބޮޑަށް އެހީތެރިވެފައިވާ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ. 

ވޯލްޑް ކަޕް ބެލުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެޗްޑީސީ އިން ނިންމީ، ފޯރި ނަގަމުން ދިވެހިންނަށް ވޯލްޑްކަޕް ބެލުމުގެ ފުރުސަތު ދިނުމަށާއި, އެކުވެރި މާހައުލެއްގައި ފުޓުބޯޅައިގެ އީދުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުގެ ގޮތުން ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެއިތުރުން، އެޗްޑީސީ އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ދެނެގަނެ އެންމެ ފުރިހަމަ ގޮތުގައި އެކަންކަން ފޯރުކޮށްދިނުމަށް ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *