ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވުނަދާނަ ފެސްޓިވަލަށް ޒިޔާރަތް ކުރެއްވުން ފޮޓޯ - ރައީސް އޮފީސް

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް މިފަދަ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް ޚާއްޞަކޮށްގެން ބާއްވާ "ވުނަދާނަ ފެސްޓިވަލް 2022" ފަށައިފިއެވެ.

މި ފެސްޓިވަލް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ހަވީރު ވަނީ މި ފެސްޓިވަލްއަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި އެކަމަނާ ވަނީ މި ފެސްޓިވަލްގައި ބަހައްޓާފައިހުރި އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އެތަންތަނާބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ކުރިޔަށްގެންދާ މި ފެސްޓިވަލްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ޖުމްލަ 60 ވިޔަފާރިއެއް ބައިވެރިވާއިރު މިއީ އެފަދަ ވިޔަފާރިތައް ކުރިއަރުވައި އެތަންތަނުގެ އުފެއްދުންތައް މާކެޓްކުރުމަށް ވެސް ފަހިވެގެންދާ މުހިންމު ފުރުޞަތެކެވެ.

އެއްދުވަހުގެ މުއްދަތައް ކުރިޔަށްގެންދާ މި ހަރަކާތުގައި ދަޢުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުން ވެސް ބައިވެރިވެ އެތަންތަނުން ފޯރުކޮށްދޭ ވިޔަފާރިއާ ގުޅުންހުރި ޚިދުމަތްތަކާ ފުރުޞަތުތަކުގެ މަޢުލޫމާތު ދިނުންފަދަ ހަރަކާތްތައް ވެސް ކުރިޔަށްގެންދިޔައެވެ.

މިއަދު ހަވީރު 16:00 ގައި ފެށި މިފެސްޓިވަލް ކުރިޔަށްދަނީ ކުޑަކުދިންނާއި ގުޅޭ ހަރަކާތްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި އެކު މިރޭ 23:00 އާއި ހަމައަށް އާޓީފިޝަލް ބީޗުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *