އދ ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ދެއްވި ރަސްމީ ޖާފަތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ވެރިކަމުގެ ދެވަނަ ދައުރެއް ދޭން ރައްޔިތުން ބޭނުންވާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

"ރާއްޖެޓީވީ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ދިވެހިންނަށް، ކުރީގައި ފެނިފައި އޮތް ސަރުކާރަކީ ވަށައިގެން ފަންފުޅަފަތް ޖަހާލައިގެން ފިލާތިބެ މަސައްކަތް ކުރި ބައެއް ކަމަށެވެ. ކުރީ ސަރުކާރަށް ބޭރު މީހަކާއި ބައްދަލުކޮށްލަން ނުކެރޭ ކަމަށާއި، ބޭރު މީހަކާއި ބައްދަލުކޮށްފިއްޔާ ވެސް އެވަނީ އެމީހަކަށް ވިކުނީ ކަމަށް ކަމަށެވެ.

ޝާހިދު ވިދާޅުވީ، މި ސަރުކާރުން ހާރިޖީ ސިޔާސަތު ބައްޓަން ކޮށްފައިވަނީ ހުރިހާ ގައުމަކާ ގުޅިގެން ކުރިއަށް ދިޔުމަށް ކަމަށެވެ. މިދިޔަ ވެރިކަމުގައި ފެނިގެން ދިޔައީ މުޅި ދުނިޔެއާ ރާއްޖެއިން ވަކިވެފައިވާ މަންޒަރު ކަމަށް ޝާހިދު ވިދާޅުވިއެވެ. މިހާރު އިދިކޮޅުން ކުރަމުންދާ މަސައްކަތަކީ ރާއްޖެއާ އަވަށްޓެރި ގައުމެއް "އައުޓް" ކުރުން ގޮވާލުން ކަމަށާއި ނަމަވެސް މިއަދުގެ ދުނިޔެއަކީ ގުޅިލާމެހިފައިވާ ދުނިޔެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ބޭރު މީހަކާއި ބައްދަލުކޮށްފިއްޔާ ވެސް އެވަނީ އެމީހަކަށް ވިކުނީ ކަމަށް. އެހާވެސް ނަފްސުގެ މައްޗަށް އިތުބާރު ނެތް ބޭފުޅުން އެއިރު ތިއްބެވީ."

ޝާހިދު ވިދާޅުވީ ހާރިޖީ ދާއިރާއިން ރާއްޖެ ހޯދި ކުރިއެރުންތަކަށް އެކަނި ބެލިޔަސް ދިވެހި ރައްޔިތުން ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ބޭނުންވާ ކަމަށެވެ.

އެހެންވީމާ މި ސަރުކާރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިތުރު ދައުރަކަށް ދިވެހި ރައްޔިތުން ބޭނުންވާކަން އެއީ މާ ސާފުކޮށް އަޅުގަނޑުމެންނަށް ފެންނަން އޮތް ހަގީގަތެއް"

ޝާހިދު ވަނީ ރައީސް ސޯލިހްގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. ޝާހިދު ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުން ފާއިތުވި ހަތަރު އަހަރު ދުވަސް ތެރޭގައި "އަޖައިބެއްފަދަ ކުރިއެރުންތަކެއް" ހޯދައިފި ކަމަށާ އެކަން ދުނިޔެ އިން ވެސް ބަލައިގެންފި ކަމަށް އޭނާ ވިދާޅުވިއެވެ.

0
0
0
1
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *