ޖަޕާނުގެ އިގްތިސާދު އަދިވެސް ކުރިއަޜާނެކަމަށް ލަފާކުރޭ

ޖަޕާނުގެ އިގްތިސާދު އަހަރެއްހާ ދުވަހުގެތެރޭ ދަށަށް ގޮސްފިއެވެ.

ހީވެސް ނުކުރާހާ މިންވަރަށް ޖަޕާނުގެ އިގްތިސާދު ދަށްވެފައިވަނީ މިއަހަރުގެ ތިންވަނަ ކުއާޓަރުގައެވެ. އަދި ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ އިގްތިސާދީ ހާލަތަށް އަންނާނެ ބަދަލެއް ނޭންގޭތީއާއެކު ޖަޕާނުގެ އިގްތިސާދަށް ވާނެ ގޮތަކާއިމެދު ޔަގީންކަމެއް ނެތްކަން އެގައުމުން ފާހަގަކުރެއެވެ.

ޖަޕާނުގެ އިގްތިސާދު ދަށަށް ދިޔުމާއެކު ގައުމުގެ ކަރަންސީ، "ޔެން"ގެ އަގުދަށްވެ، އިމްޕޯޓް ހަރަދު ބޮޑުވުމުން ގޭބިސީތަކާއި ވިޔަފާރިތަކަށް ގެއްލުން ލިބިފައިވެއެވެ. 

ކޮވިޑާއި ގުޅިގެން އެޅި ފިޔަވަޅުތައް އުވާލިނަމަވެސް، އިގްތިސާދު އަލުން ހަމަޔަކަށް އެޅުވުމަށް ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިގްތިސާދަށް ވަނީ ގޮންޖެހުންތައް ކުރިމަތިވެފައެވެ. ޚާއްސަކޮށް ދުނިޔޭގެ އިންފްލޭޝަން މައްޗަށް ދިޔުމާއި އިންޓަރެސްޓް ރޭޓް ބޮޑުވުމާއި، ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އެގައުމަށް އިތުރު ޕްރެޝަރާއި ކުރިމަތިވަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖީޑީޕީ ނިސްބަތުން ބަލާއިރު މިއަހަރުގެ ޖުލައި އިން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭގެ ކުރީ އަހަރާ އަޅާބަލާއިރު 1.2 އިންސައްތަ ވަނީ ދަށްވެފައެވެ.

ޖަޕާނުގެ ޖީޑީޕީ ދަށްވެފައިމިވަނީ އިގްތިސާދީ މާހިރުން ލަފާކުރާ ގޮތާއި މުޅިން ތަފާތުކޮށެވެ. އިގްތިސާދީ މާހިރުން 0.3 އިންސައްތައިގެ ކުރިއެރުމެއް އަންނާނެކަމަށް ލަފާކޮށްފައިވަނިކޮށް، އިގްތިސާދު މިވަނީ 0.3 އިންސައްތަ ދަށަށް ގޮސްފައެވެ. 

އިގްތިސާދީ މާހިރުން ލަފާކުރާ ގޮތުގައިކުރިއަރާފައިވާ އެހެން އިގްތިސާދުތަކަށްވުރެ އަންނަ އަހަރު ޖަޕާނުން ކުރިއަރާނެ އެވެ. އަދިވެސް ކޮވިޑް-19ގެ ސަބަބުން ވެއްޓުނު އިގްތިސާދީ އަނދަވަޅުން އަރައިގަތުމުގެ ޖާގަ އެގައުމަށް އެބައޮތް ކަމަށާއި ސަރުކާރުގެ ހަރަދާއި ބީއޯޖޭގެ އަލްޓްރާ ލޫސް ޕޮލިސީ އެކަމަށް އެހީވެދޭނެކަމަށް މާހިރުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *