ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ޙާޝިމު ސޮއި ކުރައްވާފައިވާ 50 ރުފިޔާގެ އައު ނޫޓު، ދިވެހި ރުފިޔާގެ ނިޝާނާއި އެކު މިއަދު ތައާރަފުކޮށްފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައާރަފްކުރި މި ނޫޓުގެ ދެފުޅުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވެއެވެ. މިއަދު ތައާރަފު ކުރި 50 ރުފިޔާގެ އައު ނޫޓު ދައުރުކުރަން ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ. ނޫޓުގައިވާ ތާރީހަކީ 8 ސެޕްޓެމްބަރު 2022 އަދި 12 ސަފަރު 1444 އެވެ.
މިއަހަރުގެ ޖުލައި މަހުުގެ ތެރޭގައި އެމްއެމްއޭއިން ވަނީ ދިވެހި ރުފިޔާގައި ބޭނުން ކުރާނެ ހާއްސަ ނިޝާނެއް ފައިނަލްކޮށް އާންމުކޮށްފައެވެ.