ފެނަކައިން ލ. މާބައިދޫ އަދި މ. ނާލާފުށީގައި ތަރައްގީކުރި އާ އިންޖީނުގެތައް ބޭނުންކުރަން ފަށައިފިއެވެ.
ލ. މާބައިދޫގައި 38 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާ ނޮވެމްބަރު 11 ވަނަ ދުވަހު އާ އިންޖީނުގެ ވަނީ ބޭނުންކުރަން ފަށާފައެވެ.
އަދި މުޅިން އައު އިންޖީނު ގެއަކުން ރައްޔިތުންނަށް މިހާރު އަންނަނީ ކަރަންޓު ފޯރުކޮށްދެމުންނެވެ.

މ. ނާލާފުށި
މ. ނާލާފުށީގައި ކުރިން ބޭނުން ކުރަމުން އައީ މީގެ 23 އަހަރުކުރިން ގާއިމްކޮށްފައިވާ އިންޖީނުގެއެކެވެ.
ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާ 11 ނޮވެމްބަރުގައި އެރަށަށްވެސް ފެނަކައިން ވަނީ އާ އިންޖީނުގެއެއް ހަވާލުކޮށްފައެވެ. އަދި މުޅިން އައު އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފަށާފައިވާކަމަށް ފެނަކައިން ބުނެއެވެ.