މާލޭގެ ގަރާޖެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެތެރެއިން އާއިލާތަކުން ގައުމަށް ގެންދަން ބޭނުންވާ މީހުންގެ ހަށިގަނޑުތައް ފޮނުވުމުގެ މަސައްކަތް ފަށައިިފިއެވެ.

ފުލުހުން ބުނީ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ތެރެއިން އެމީހުންގެ އާއިލާއިން ހަށިގަނޑުތައް ގައުމަށް ގެންދަން ބޭނުންވާ މީހުންގެ ހަށިގަނޑު އެމީހުންގެ ގައުމަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ފޮރިން މިނިސްޓްރީއާއި އެގައުމެއްގެ އެމްބަސީ އަދި ފުލުހުން ގުޅިގެން ކުރަމުންދާ ކަމަށެވެ.

މ. ސެންޑްރޯޒްގެ ހުޅަނގުބައިގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން އެކަކު ފިޔަވާ އެންމެން މިހާރު ވަނީ ދެނެގަނެވިފައެވެ.

ބުދަ ދުވަހުގެ ރޭ މެންދަމު 12:30 ގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވިއިރު، އޭގެތެރޭގައި ހިމެނެނީ 4 އަންހެނުންނާއި 5 ފިރިހެނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ތިން އަންހެނަކާއި ބަންގްލަދޭޝްގެ އަންހެނެކެވެ. އަދި އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނަކާއި ބަންގްލަދޭޝް ފިރިހެނެކެވެ.

އެ މީހުންގެ ހަށިގަނޑުތައް އިމާރާތުގެ ތެރެއިން ފެނުނުއިރު ވަރަށް ބޮޑަށް ވަނީ އަނދާފައެވެ. އެހެން ކަމުން އެއީ ކޮން ބައެއްކަން ދެނެގަންނަން ފަސޭހައެއް ނުވިއެވެ. އަނެއްކޮޅުން އެއީ ބިދޭސީން ކަމުން އެ މީހުންގެ މައުލޫމާތު ހޯދަން އިތުރު ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

މަރުވި މީހުންގެ ހަށިގަނޑުތައް ވަނީ ގަލޮޅު މޯޗަރީގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *