2021 ވަނަ އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ރަސްމީ ޖަލްސާ

މިރޭ ބާއްވަން ތައްޔާރުވަމުންދިޔަ ޖުމްހޫރީ ދުވަހުގެ ޖަލްސާ މާދަމާ ރެއަށް ފަސްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިއޮތް ރަސްމީ ޖަލްސާ މާދަމާ ރެޔަށް ފަސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާރެއަށް ފަސްކުރިކަން އަންގާ ހޯމް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ ރޭ ދަންވަރު މާލޭގައި ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން، މިރޭ ބާއްވަވާ ގޮތަށް އޮތް ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާރެއަށް ފަސްކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.

މ. ނިރުފެހީގެ ތިރީގައި ހުރި ގަރާޖުގައި ރޯވެ ރޭ ހިނގި ހާދިސާގައި 10 މީހަކު ނިޔާވެފައިވާއިރު މީގެތެރެއިން 9  މީހެއްގެ ހަށިގަނޑު ފެނިފައިވަނީ އަލިފާނުގެ ހާދިސާ ހިނގިތާތެރެއިންނެވެ.

އެކަކު ނިޔާވީ އައިޖީއެމްއެޗަށް ގެންދިޔަ ފަހުންނެވެ. އެމީހުންގެ ހަށިގަނޑުތައް ވަނީ ގަލޮޅު މޯޗަރީ އަށް ގެންގޮސްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *