ފޮޓޯ: ވޮއިސް

ގަރާޖެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުން، ކާކުކަން ދެނެނުގަނެވޭ ވަރަށް އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެވިއެވެ.

މ. ނިރުފެހީގެ ތިރީގައި ހުރި ގަރާޖެއްގައި ރޯވެގެން ކަމާގުޅޭ ފަރާތްތަކަށް ރިޕޯޓްކޮށްފައިވަނީ މެންދަމު 00:27 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

މިހާދިސާގައި 10 މީހަކު ނިޔާވެފައިވާއިރު މީގެތެރެއިން 9  މީހެއްގެ ހަށިގަނޑު ފެނިފައިވަނީ އަލިފާނުގެ ހާދިސާ ހިނގިތާތެރެއިންނެވެ. އެކަކު ނިޔާވީ އައިޖީއެމްއެޗަށް ގެންދިޔަ ފަހުންނެވެ.

ފުލުހުންބުނީ އައިޖީއެމްއެޗްގައި އެކަކަށް މިހާރުވެސް ފަރުވާދެމުންދާ ކަމަށާ އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، އެމްއެންޑީއެފްގެ ކާނަލް، އިބްރާހީމް ރަޝީދު ވިދާޅުވީ މަރުވި މީހުންގެ ޖިންސު ވެސް ވަކި ނުވާ ކަމަށެވެ. އެ މީހުންގެ ވަނަވަރު އެނގޭ ވަރަށް ވުރެން ބޮޑަށް އެ މީހުން ތިބީ އަނދައިފައެވެ.

މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މިހާ ގިނަ އަދަދެއްގެ ބަޔަކު މަރުވި ފުރަތަމަ ހާދިސާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *