މ.ނިރުފެހި ގޭގައި ހަދާފައި ހުރި ގަރާޖެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މީހުން ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެމްއެންޑީފުން ބުނީ މި ހާދިސާގައި މިހާތަނަށް ނިޔާވި މީހުންގެ އަދަދު 10 އަށް އަރާފައިވާ ކަމަށެވެ. އެގާރަ ވަނަ މީހާގެ ހަށިގަނޑު ފެނިފައިވަނީ  އިތުރު ބަޔަކު ތިބިތޯ ބެލުމަށް އެމްއެންޑީއެފުން އެއިމާރާތް ބެލުމަށް ކުރަމުންދާ މަސައްކަތުގެތެރެއިން ކަމަށެވެ.

މިހާދިސާގައި 14 ބިދޭސީއަކު ވަނީ ސަލާމަތް ކޮށްފައެވެ. ފުލުހުން ބުނީ ނިޔާވި މީހުންގެ ހަށިގަނޑުތައް މޯޗަރީއަށް ގެންދެވިފައިވާ ކަމަށެވެ.

ރޯވި އިމާރާތުގެ ތިރީގައި ހުންނަނީ އޭސީ ފަދަ ތަކެތި މަރާމާތު ކުރާ ގަރާޖެކެވެ. އެ އިމާރާތުގެ މަތީގައި  ހުންނަނީ ބިދޭސީން ދިރިއުޅޭ ތަނެކެވެ. ބިދޭސީން ދިރިއުޅޭ އެ އިމާރާތުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މެންދަމު 00:27 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

އަލިފާން ނިއްވުމުގައި ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ސިފައިން ހަރާކާތްތެރިވެފައިވާއިރު އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނީ 4:34 ހާއިރެވެ.

ފުލުހުންނާއި ސިފައިން އެ ސަރަހައްދުގައި ހަރަކާތެރިވާއިރު އަދިވެސް އިމާރާތުން މީހުން ނެރެގެން ގެންދާ މަންޒަރު ފެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *