ޓެކްސް ބޮޑުކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފައިވާއިރު، އެމްޑީޕީގެ 12 މެމްބަރަކު ވޯޓުނުދެއްވައި ދޫކުރައްވައިފި އެވެ.

ދުނިޔޭގެ އިގްތިސާދަށް މިވަގުތު ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖެއަށް ވެސް ކުރަމުން ދާތީ، ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް އެ ޓެކްސްތައް ބޮޑު ކުރުމަށް 'މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު' ސަރުކާރުން ހުށަހެޅި ބިލު ދިރާސާކޮށް ނިންމައި ތަޅުމަށް މިއަދު ވަނީ ފޮނުވައިފަ އެވެ.

ޓެކްސް ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިފާއު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ޓޫރިޒަމް ޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އަދި ޖެނެރަލް ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް މައްޗަށް ޖައްސާށެވެ.

މި ބިލު ފާސްކުރުމަށް 50 މެމްބަރުން ވޯޓު ދެއްވާފައިވާއިރު 19 މެމްބަރަކު ކޮމިޓީން ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވިއެވެ. އޭގެތެރޭގައި އެމްޑީޕީގެ 12 މެމްބަރަކު ހިމެނެއެވެ. މީގެ އިތުރުން، ވަކި ކޮޅަކަށް ވޯޓު ނުދެއްވައި އިންނެވި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ހިމެނެއެވެ.

ޓެކްސް ބިލާ ދެކޮޅަށް ވޯޓު ދެެއްވި މެމްބަރުން:

  1. މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
  2. ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު
  3. ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބުރާހީމް މުއިއްޒު
  4. ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ
  5. މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު
  6. މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
  7. އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
  8. ވިލުފުށިކ ދާއިރާގެ މެމްބަރު ހަސަން އަފީފު
  9. މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން
  10. ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
  11. ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު

އެމްޑީޕީ މެމްބަރުން ކޮމެޓީގައި ބިލާއި ދެކޮޅަށް ވޯޓު ދެއްވިއިރު، ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ބިލު ފާސްކުރުމަށް ތްރީ ލައިން ވިޕެއްވެސް ނެރެފައެވެ.

ބިލާއި ދެކޮޅަށް ވޯޓުދެއްވި އިދިކޮޅު މެމްބަރުންގެ ތެރޭގައި ހިމެނެނީ އަހުމަދު އުޝާމް، އާދަމް ޝަރީފް އުމަރު، އަލީ ހުސެއިން، އަހްމަދު ޝިޔާމް، އަހުމަދު ތޯރިގް އަދި މުހައްމަދު ޣައްސާން މައުމޫނާއި ހުސެއިން މުހައްމަދު ލަތީފެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *