Finance Minister Ibrahim Ameer
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މާދަމާ ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ބަޖެޓު ހުށައަޅުއްވާނެކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް، ހުށަހަޅަން މަސައްކަތްކުރަނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓަރ މިފަހަރުގެ ބަޖެޓްގައި އާމްދަނީ އިތުރުކުރުމަށް ކަންތައްތަކެއް ކަނޑައަޅާފައިވާ ކަމަށާ އެގޮތުންޢާމްދަނީ އިތުރުކުރުމަށް ކުރާ އެންމެ މުހިންމު އެއް ކަމަކީ ޖީއެސްޓީއާއި ޓީޖީއެސްޓީ މަތިކޮށްގެން ޢާމްދަނީ އިތުރުކުރުންކަމަށެވެ. އަންނަ އަހަރުގެ އާމްދަނީ 30 ބިލިއަންގައި ހުންނާނެކަމަށް ލަފާކުރެވޭކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، 2025 ވަނަ އަހަރު ނިމެންވާއިރު ދައުލަތުގެ ދަރަނި ގެރެންޓީ ނުހިމަނާ ޖީޑީޕީގެ ނިސްބަތުން 100 އިންސައްތައަށް ތިރި ކުރުން ކަމަށެވެ. މިއަހަރު ނިމޭއިރު ރާއްޖޭގެ ޖީޑީޕީ ހުންނާނީ 92.3 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ 2023 ވަނަ އަހަރުގެ ނިޔަލަށް ޕްރައިމަރީ ބަޖެޓް ޑެފިސިޓް، ޖީޑީޕީގެ ނިސްބަތުން 5 އިންސައްތައަށްވުރެ ތިރިކޮށް އެއަށްވުރެ އިތުރު ނުވާނެހެން މެދު ރާސްތާގައި ހިފެހެއްޓުން ކަމަށެވެ.

މި ހިނގާ 2022 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން މަޖިލީހަށް ހުށަހެޅީ 36,925 މިލިއަން، ނުވަތަ 36 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެންނަމަވެސް މަޖިލީހުގެ ކޮމިޓީން ވަނީ ބަޖެޓަށް 73 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ.

ބަޖެޓަށް އިތުރުކުރީ 82 ރަށެއްގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 57.4 މިލިއަން ރުފިޔާ އާއި ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓާއި ރައްޔިތުންގެ މަޖިލީހަށާއި އަދި ބައެއް މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ޖުމުލަ 16.4 މިލިއަން ރުފިޔާ އެވެ.

މިއާއެކު މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 36.99 ބިލިއަން ރުފިޔާ ރުފިޔާގެ ބަޖެޓެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *