ނަޒާހަތްތެރި ދައުލަތެއް އުފެއްދުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަދާކުރަންޖެހޭ ޒިންމާ ބޮޑުކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

އޭސީސީގެ ރައީސް މިހެން ވިދާޅުވީ ބަނޑޮސް މޯލްޑިވްސްގައި މިއަދު ފެށި "މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ބައިވެރިވާ މި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް ވިދާޅުވީ ދައުލަތަކީ ނަޒާހަތްތެރި ދައުލަތަކަށް ހެދުމުގައި ކުންފުނިތަކުގެ ދައުރު ބޮޑުކަން އޭސީސީއަށް ހުށަހެޅޭ ތަފާތު އެކި މައްސަލަތަކުން ހާމަވާކަމަށެވެ. އަދި ފާއިތުވެދިޔަ 7 އަހަރުގެ ތެރޭގައި އޭސީސީއަށް ކުންފުނިތަކާއި ގުޅުންހުރި 1465 ޝަކުވާ ހުށަހެޅިފައިވާއިރު، ޝަކުވާތައް ބެލުމަށްފަހު 234 ރެކޮމަންޑޭޝަން ކުންފުނިތަކަށް ދެވިފައިވާކަމަށެވެ.

ޝާމިލް ވިދާޅުވީ އޭސީސީން ދޭ ރެކޮމަންޑޭޝަންތަކަށް އަމަލު ކުރޭތޯ ބެލުމަށް މިހާތަނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަން ބެލޭނެ ނިޒާމެއް އެކުލަވާލެވިފައި ނެތުންކަމަށެވެ. އެކަމަކި މިހާރު އޭސީސީގައި މޮނިޓަރިން އެންޑް އިވެލުއޭޝަން ޑިޕާޓްމަންޓެއް އުފައްދައި މިފަދަ ކަންކަން ބެލޭނެ އިންތިޒާމު އޭސީސީގައި ހަމަޖެހިފައިވާ ކަމަށެވެ.

މި ކޮންފަރެންސްގެ ތެރެއިން ހެޔޮ ހިންގުމުގެ ނިޒާމެއްގެ ތެރެއިން އެސް.އޯ.އީތަކުގައި ހުރި ކޮރަޕްޝަންގެ ރިސްކުތައް ނައްތާލުމަށް ކުރެވޭނެ ކަންކަމާއި މަޢުލޫމާތު ސިއްރުކުރުމުގެ ސަޤާފަތް ދޫކޮށްލާ، ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަކަށް ކުންފުނިތަކުގެ ހިންގުން ރޭވުމާއި، ޖަވާބުދާރީ ކުރެވޭނެ މެކޭނިޒަމްތައް ޤާއިމުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *