ނިޔާވި އަބްދުﷲ ރަޝީދު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ގދ. ހޯނޑެއްދޫ/ ސްވެން، އަބްދުﷲ ރަޝީދު ނިޔާވި މައްސަލައިގަ ކަން ހިނގި ގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްދު ވިދާޅުވީ ފުލުހުންގެ ބަންދުގައި ހުއްޓާ ޢަބްދުﷲ ރަޝީދު ނިޔާވި، ޙާދިސާގައި ކަންހިނގައި ދިޔަ ގޮތް އިންސާފުވެރިކަމާއެކު ތަހުގީގު ކުރުމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އަށް އަންގަވާފައިވާ ކަމަށެވެ.

މި މައްސަލަ ރަނގަޅަށް ތަހުގީގުކުރުމަށް ވެސް ހޯމް މިނިސްޓަރަށް އިރުޝާދު ދެއްވާފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

އަދި މިމައްސަލައިގައި ކަން ހިނގަމުން އަންނަ ގޮތް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ގާތުން ބައްލަވަމުން ކަމަށް ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އަބްދުﷲ ރަޝީދު މަރުވި މައްސަލައިގަ ކަން ހިނގާދިޔަ ގޮތާ، މިކަމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަމުންދަނީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިންނެވެ. އެކޮމިޝަނުން ބަލަމުންދާ މިމައްސަލައަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

އެންއައިސީން ވަނީ ތަހުގީގަށް މުހިންމު ކަމަށްބުނެ އޭނާގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައެވެ. ނަމަވެސް އާއިލާއިން މިމަކަމަށް އިންކާރު ކުރެއެވެ.

އާއިލާއިން ވަނީ އަބްދުﷲގެ ހަށިގަނޑު އެމީހުންނާ ހަވާލުކޮށްދިނުމުގެ ކޯޓު އަމުރަކަށް ސިވިލް ކޯޓުގައި އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *