ފޮޓޯ އައްޑޫ ލައިވް

ޓެކްސް ބޮޑުކުރަނީ ތަރައްގީ ގެނައުމަށް ކަމަށާ އަތޮޅުތެރޭގެ ތަރައްގީ އަށް ޓެކްސް ބޮޑުކުރުން މުހިންމު ކަމަށް އައްޑޫސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށައަޅުއްވާފައިވާ އިސްލާހާއި ގުޅިގެން މިހާރު އުފެދިފައިވާ ޚިޔާލުތަކަށް އޭނާގެ ރައުޔު ހާމަކުރައްވައި މޭޔަރު ނިޒާރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދުގެ 80 އިންސައްތަ މާލެ ސަރަހައްދުގައި ޤާއިމްވެފައިވާއިރު އަތޮޅުތަކުގެ ތަރައްޤީއަށް ޓެކްސް އަކީ މުހިންމު އާމްދަނީއެއް ކަމަށެވެ.

މޭޔަރ ނިޒާރު ވިދާޅުވީ ޓެކުހަކީ ރައްޔިތުންނަށްޓަކައި ނެގޭ އެއްޗެއް ކަމަށާއި ޓެކްސް ނެގުމުގެ ފައިދާއޮތީވެސް ރައްޔިތުންނަށް ކަމަށެވެ. އެގޮތުން ޓެކްސް އިތުރު ކުރަނީ ތަރައްޤީއަށްޓަކައި ކަމަށް ނިޒާރު ވިދާޅުވިއެވެ.

އަތޮޅުތަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެވަޑައިގެންފައިވާ ވައުދު ފުއްދޭނީ ޓެކްސް އިތުރުކޮށްގެން"

ދައުލަތުގެ އާމްދަނީ އިތުރުކޮށް ރާއްޖޭގެ އިގްތިސާދީ ދުވެލި ހުއްޓުނަ ނުދިނުމަށްޓަކައި ސަރުކާރުން ވަނީ ދެ ޓެކުހެއް ބޮޑު ކުރުމަށް މަޖިލިހަށް ހުށަހަޅާފައެވެ. އެގޮތުން ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް އަދި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑު ކުރުމަށް މަޖިލިހަށް ވަނީ އިސްލާޙު ހުށަހަޅާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *