މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ

މިއީ ދިވެހިން ތާރީހުގައި ވެސް ދެކޭނެ އެންމެ އުޖާލާ އެއް ސަރުކާރު ކަމަށާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ދިވެހިންނަށް ލިބުނު ރަނެއް މަލެއް ފަދަ ބޭފުޅެއް ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ޓެކްސް ބޮޑުކުރާތީ މަޖިލިހުގެ ބައެއް މެމްބަރުން ވިދާޅުވަމުންދާ ފާޑު ކިޔުންތަކަށް ދައުލަތުގެ މީޑިއާގައި ރައްދު ދެއްވަމުން ރާއީ ވިދާޅުވީ  ކުރިއަށް ރިޔާސީ އިންތިޚާބު އޮތް އިރު މިއީ ރައީސް ސޯލިހަށްވެސް ނިންމަވަން ފަސޭހަ ނިންމެވުމަކަށް ނުވާނެ ކަމަށެވެ.

ރާއީ ވިދާޅުވީ ސިޔާސީ މަގުސަދެއް ހާސިލުކުރަންކުރާ ކަމެއްނަމަ ޓެކްސް ބޮޑު ކުރުމަކީ މިވަގުތަކަށް އެންމެ ރަނގަޅު ކަމެއް ނޫން ކަމަށާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށްވެސް އެއީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

އެކަމަކު މިހުރިހާ ކަމަކަށްވުރެ އެމްޑީޕީއަށްވެސް ރައީސް ސޯލިހަށްވެސް ދިވެހި ރާއްޖޭގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދޭންޖެހޭ އަސާސީ ކަންކަން މާ މުހިންމު ކަމަށެވެ. މިހުރިހާ ކަމަކަށް ބަލާފަ އަމިއްލަ އެދުމަށްވުރެ މުހިންމުވާނީ ގައުމު ކަމަށް ރައީސަށް ފެނިވަޑައިގަންނަވާތީ ޓެކްސް ބޮޑުކުރުގެ ޑިސިޝަން ނެންގެވީ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރާއީ ވިދާޅުވިއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މަޖިލިހަށް ހުށަހަޅަން ގާތްވެފައިވާކަން ފާހަގަކުރައްވާ ރާއީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރަމުންދާ އެމްޑީޕީގެ މެމްބަރުންނާ އަދި ވާދަވެރި އެހެން މެމްބަރުން ވެސް، އެ ބަޖެޓްގައި އެބޭފުޅުން ނިސްބަތްވާ ދާއިރާތަކަށް ބޭނުންވާ ކަންކަން ބަޖެޓްގައި ޖަހަން ބޭނުންފުޅުވާނެ ކަމަށެވެ. އަދި ރައްޔިތުންވެސް އެބައެއްގެ ދާއިރާއަށް ބޭނުންވާ ޕްރޮޖެކްޓްތައް އެ ދާއިރާއެއްގެ މެމްބަރު ބަޖެޓްގައި ޖަހައިދޭން ބޭނުންވާ ކަމަށެވެ.

މީގެއިން އެއްވެސް ކަމެއް ބަޖެޓުން އުނިކުރަންވެސް ބޭނުން ނުވާ ކަމަށާ، މި ޕްރޮޖެކްތެއް ކުރިއަށް ގެންދަަން ބޭނުންވާ ކަމަށާ އެހެންކަމުން އެފައިސާވެސް ހޯދަންޖެހޭ ކަމަށް ރާއީ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ހާލަތުން ރާއްޖެ އަރައިގަންނަން ކުރި މަސައްކަތަށްވެސް ރާއީ ވަނީ އަލިއަޅުއްވާ ލައްވާފައެވެ. ރާއީ ވިދާޅުވީ ކޮވިޑްގެ ދުވަސްވަރު، މިއަދު މިތިބަ ހާލަތަށް އައިސްދާނެ ކަމަށް ބަޔަކަށް ގަބޫލުވެސް ނުކުރެވޭނެ ކަމަށާ މިހިސާބަށް އާދެވުނީ ވަރަށް ވިސްނުންތެރިކަމާއެކު ކަންކަން ކުރިއަށް ގެންދެވުނީތީ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *