ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ، ވައްކަންކޮށްގެން ކަޓު ދީގެން މަޝްރޫއުތައް ހިންގަވަން ދަންނަ ބޭފުޅެއް ނޫންކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެއެވެ.

ނާޝިޒު މިހެން ވިދާޅުވެފައި މިވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުއަކީ ތަރައްގީގެ މަސައްކަތްތައް ހިންގަން އެނގިވަޑައިގަންނަވާ ބޭފުޅެއް ނޫންކަމަށް ވިދާޅުވެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދެއްކެވެމުންނެވެ.

ނާޝިޒު ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި އުފެއްދިސަދަން ޔުޓިލިޓީ ކުންފުންޏަކީ އިލްޔާސް ލަބީބުގެ އާއިލާއަށް ނިސްބަތްވާ ކުންފުންޏެއްކަމަށާ ރައީސް ނަޝީދުގެ ވެރިކަމުގައި އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ޕްރޮޖެކްޓްތައް ހުއްޓިފައިވަނި އަމިއްލަ މަންފާތަކެއް ހޯދަން އުޅެގެންކަމަށެވެ.

އެގޮތުން އައްޑޫގައި ބޭއްވި ސާކް ސަމިޓަށް އެންމެ ގިނަ މަޝްރޫއުތަކަކުން ފައިދާ ލިބުނީ އިލްޔާސްގެ އާއިލީ ކުންފުންޏަކަށް ކަމަށާ ސާކް ސަމިޓް ގާތްވެގެން އައިއިރު އެއްވެސް މަސައްކަތެއް ނިމިފައިނުވާ ކަަމަށެވެ.

އެންމެފަހުން ސިފައިން ގެންގޮސްގެން ނުކައި ނުބޮއެ ތިބެ އެ މަސައްކަތް ކުރަން ޖެހުނީ. މިގޮތަށް ޕްރޮޖެކްޓްތައް ހިންގަން ރައީސް ސާލީހަށް ނޭނގުނިއްޔާ ރަނގަޅީ."

ނާޝިޒު ވަނީ އައްޑޫ އާއި ފުވައްމުލަކުގައި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް އިލްޔާސް ލަބީބުގެ ގާތް ބޭފުޅުން ތިއްބެވި ސަދަން ޔުޓިލިޓީސް ކުންފުނިން އަމަލުކޮށްފައިވާ ގޮތަށްވެސް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން އައްޑޫއާއި ފުވައްމުލަކުގައި ނަރުދަމާ އަޅަން ސަދަން ޔުޓިލިޓީ ކުންފުންޏާ 42 މިލިއަން ޑޮލަރަށް ހަވާލުކުރި ނަމަވެސް ސާކް ސަމިޓާއި ހަމައަށް ކައިރިވެގެން ދިޔައިރު އެއްބަސްވުމުގެ ދަށުން ފައިސާ ހަމަ ނުޖެހުނު ކަމަށާ މަސައްކަތް ވެސް ނުފެށުނު ކަމަށެވެ. ނަމަވެސް އޭރު ސަރުކާރުން ނިންމީ 15 މިލިއަން ޑޮލަރު އެ ޕްރޮޖެކްޓަށް އިންޖެކްޓް ކުރަން ކަމަށެވެ.

ނަމަވެސް އެ ފައިސާ ހަމަނުޖެހެނީސް އެ 15 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން އޭގެ ތެރެއިން މޮބިލައިޒޭޝަން ފީ 16 މިލިއަން ރުފިޔާ، 3.15 މިލިއަން ޑޮލަރު ޑިޒައިންނިން މަސައްކަތަށް. ފެންވަރު ރަނގަޅު ރިސޯޓެއްގައި ވެސް މިކަހަލަ ކަންކަން ޑިޒައިން ކޮށްލަން 5 ލައްކަ ޑޮލަރަށްވުރެ ބޮޑެއް ނުވާނެ."

ނާޝިޒު ވިދާޅުވީ ހިތަދޫ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއަށް 2.5 މިލިއަން ޑޮލަރު ހަރަދުކުރިއިރު ހިތަދޫ ސީވޭޖް ނެޓްވޯކް ގާއިމްކުރުމަށް 4.9 މިލިއަން ޑޮލަރު ބަޖެޓް ކުރި ކަމަށެވެ. އެހެންނަމަވެސް ނިމިފައި ހުރި މަސައްކަތަށް ބަލާއިރު 2.5 މިލިއަން ޑޮލަރުގެ އަގެއްވެސް ނުހުންނާނެކަން ނާޝިޒު ފާހަގަކުރެއްވިއެެވެ.

ނާޝިޒު ވިދާޅުވީ ސަދަން ޔުޓިލިޓީސްއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އެއްވެސް މަޝްރޫއެއް ނިމިފައިނުވާ ކަމަށާއި ދެން އައި ސަރުކާރުތަކުން ޖެހުނީ ބޮޑެތި ހަރަދުކޮށްގެން އަނެއްކާވެސް މަޝްރޫއުތައް ހިންގަން ކަމަށެވެ.

ނާޝިޒު ވިދާޅުވީ ރައީސް ސާލިހަށް މަސައްކަތެއް ނުކުރެވޭކަމަށް ބުނެ އިލްޔާސް ލަބީބު ވާހަކަ ދައްކަވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ހިންގި ދޯހަޅި ސިސްޓަމަށް ކަންކަން ނުކުރާތީކަމަށް ވެދާނެކަމަށެވެ. ނަމަވެސް ރާއްޖެއަށް ރަނގަޅީ މި ސަރުކާރާއި މިހާރުގެ ރައީސަށް އެގޮތަށް ކަންކަން ކުރަން ނޭގުނިއްޔާކަމަށްވެސް ނާޝިޒު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *