ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން އުޅެނީ ސަރުކާރަށް ޖެއްސުން ކުރަން ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ތެރޭގައި މިވަގުތު އެންމެ ބޮޑަށް ހިޔާލުތަފާތުވެފައިވާ ސަރުކާރުން ޓެކްސް ބޮޑުކުރަން ހުށަހަޅާފައިވާ ބިލާ ގުޅިގެން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ގެންދަވަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

މި ފާޑު ކިޔުންތަކަށް ރައްދު ދެއްވާ ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ނާޝިޒް ވިދާޅުވީ ސަރުކާރުން ޓެކްސް ނަގަން ބޭނުންވާ ސަބަބު ހުރިހާ މެމްބަރުންނަށް ވެސް ސާފުވާނެ ކަމަށާ އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް ވެސް ސަރުކާރުގެ ސްޓެންޑް އޮޅުންފިލާނެ ކަމަށެވެ. އިދިކޮޅު މެމްބަރުގެ ސިޔާސީ ވިސްނުމާ އެއްދިމާލަކަށް ވިސްނުން ގެންގޮސްގެން ހަގީގަތުގައި އެކުރައްވާ މަސައްކަތަކީ ސަރުކާރުން ކުރަން އުޅޭ ކަންކަމަށް އުނދަގޫ ކުރުން ކަމަށް ނާޝިޒް ވިދާޅުވިއެވެ.

ނާޝިޒް ވިދާޅުވީ ސަރުކާރަށް އުނދަގޫ ކުރުމަށް އެއްވެސް އަސާސެއް ނެތް އަދި ހަގީގަތެއް ނެތް އެކި ވާހަކަތައް ދައްކާ  ކަމަށާ އެކިއެކި މޮޅެތި ރައުޔުތައް ނެރެގެން ދައްކާ ވާހަކަތަކަކީ، ސީދާ ސަރުކާރުގެ ވާދަވެރިންނާ ގުޅިގެން ސަރުކާރަށް ޖެއްސުން ކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

އެ ގޮތަށް މަސައްކަތް ކުރުމުގެ ބޭނުމަކަށް ވެދާނެ އަމިއްލަ ސިޔާސީ އެޖެންޑަރ އެއް ޕްރޮމޯޓްކުރަން ނޫނީ އަމިއްލަޔަށް ސިޔާސީ ގޮތުން ހާސިލްކުރަން ބޭނުންވާ ކަމެއް ހާސިލްކުރުމަށް ކުރާ ކަމަކަށްވެސް"

ނާޝިޒް ވިދާޅުވީ ސިޔާސީ ކަންކަމުގައި އުޅޭއިރުވެސް އެންމެ ފުރަތަމަ ވާޖިބަކަށް ވާންޖެހޭނީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ މަސްލަހަތު އިސްކުރުން ކަމަށާ ގައުމަށް ދިމާވެދާނެ ގޮންޖެހުންތައް ދެނެގަނެ ސަރުކާރުގެ ސިޔާސަތުތަކާ ކުރަން ރާވާ ކަންކަން ދެނެގަނެ އެކަންކަމަށް ޖާގަދޭންޖެހޭ ކަމަށެވެ. އަދި ބިނާކުރެނިވި ފާޑުކިޔުންތައް ބަލައިގަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނާޝިޒް ވިދާޅުވީ ސަރުކާރުގެ ބޮލުގައި އެކި ތުހުމަތުތައް އަޅުވަމުންދާއިރު އެއިން އެއްވެސް ކަމެއް ސާބިތު ކޮށްނުދެވޭ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *