ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ކަންކަމުގައި ގޮތްނިންމަވަން ކެރިވަޑައިގަންނަވާ ބޭފުޅެއް ކަމަށް ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ނާޝިޒް ވިދާޅުވީ  ކޮންމެ މީހަކަށްވެސް މޮޅުވާހަކަ ދެއްކިދާނެ ކަމަށާއި ރޯނު އެދުރަކަށްވެގެންވެސް އުޅެވިދާނެ ކަމަށާ އެހެންނަމަވެސް އެއްވެސް މީހަކަށް ހުރިހާ ކަމެއް ނޭނގޭނެ ކަމަށެވެ.

އެހެންނަމަވެސް ކަންކަމުގެ ތަޖުރިބާކާރު ބޭފުޅުން އެކަންކަމާ ގުޅިގެން ދައްކާ ވާހަކަ ތަކާ ދޭލަފާގެ އަލީގައި ކަންކަމުގައި ކުރިއަށްދެވޭނެ ކަމަށެވެ.

އަޅުގަނޑު ދެކޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަކީ ވަރަށް ބްރޭވް ބޭފުޅެއް، ވަރަށް ކެރޭ، ކޮންމެ ކަމެއްގައިވެސް ނަންގަވަންޖެހޭ ޑިސިޝަން ނަންގަވާ ބޭފުޅެއް. އެއީ ބޯޑަރ ކްލޯ ކުރަންޖެހުނަސް ނޫނީ އަނެއްކާ ހުޅުވަން ޖެހުނު ކަމަށްވިޔަސް މެޑިކަލީ ރާއްޖެ ތައްޔާރު ކުރުމަށްޓަކައި ނަންގަވަންޖެހުނު ހުރިހާ ޑިސިޝަނެއް ނެންގެވި"

ނާޝިޒް ވިދާޅުވީ ރައީސް ޞާލިޙަކީ އަމިއްލަފުޅަށް ހުރިހާކަމެއްގެ ތެރެއަށް ވަންނަވައި ޕަރސަނަލް ލެވަލްގައި މައްސަލަތައް މެނޭޖް ކުރައްވާ ބޭފުޅެއްކަމަށެވެ.

ނާޝިޒް ވިދާޅުވީ މި ޤައުމު އިޤްތިޞާދީގޮތުން އިތުރުހަރުފަތަކަށް ކުރިއަށް ގެންދެވޭނީ ރައީސް ޞާލިޙަށް ކަމަށާ ގައުމާ ދޭތެރޭ އެހާ ރަނގަޅަށް ކަންތައް ކުރެއްވި ވެރިއަކު ދެކެވަޑައިނުގަންނަވާ ކަމަށެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *