އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އަށް ކާމިޔާބުކުރެވިއްޖެނަމަ، ރާއްޖެއިން ބައެއް ނުގެއްލޭގޮތަށް ޗާގޯސް މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ އާ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ޗާގޯސް މައްސަލައިގަ ނާޒިމް ވިދާޅުވީ މިހާރު އިވެމުންދަނީ އަމިއްލަ ފައިދާއަކަށް ނުވަތަ ޕާޓީގެ ފައިދާއަށް ރާއްޖޭގެ ތަންތަން ދިނުމަށް ނިންމާފައިވާ ވާހަކަތައް ކަމަށެވެ.

ނާޒިމް ވިދާޅުވީ 2019 ވަނަ އަހަރު މި ސަރުކާރުން ޗާގޯސް މައްސަލައިގައި އިނގިރޭސިވިލާތާ އެއްކޮޅަށް ވޯޓު ދިނުމުން ޕީޕީއެމުން ފާޑު ކިޔާފައިވާ ކަމަށެވެ. މިހާރު މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ވެސް ޕީޕީއެމުން ފާޑު ކިޔަމުންދާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީ ކޮންކަހަލަ ވާހަކައެއްތޯ. އެހެންވީމާ ދެއުޅި އެއްނުވާ ކަހަލަ ސިޔާސީ ވާހަކަ ނުދައްކަވާ ފަހަތަށް ޖެހޭ. މިޕާޓީއަށް ފުރުސަތު ދެއްވާ. މީ ގައުމީ ޕާޓީ، މީ މިކަން ހައްލުކުރާނެ ޕާޓީ،"

ނާޒިމް ވިދާޅުވީ މި ސަރުކާރަށް ވެސް ޗާގޯސް މައްސަލަ ހައްލު ނުކުރެވޭ ކަމަށާއި އެކަން ކުރާނީ އެމްއެންޕީން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *