ރައީސް ޔާމީން ކެނދިކުޅުދޫގައި

ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވަނިކޮށް އެއްވެސް ކަމެއްގައި ތުހުމަތުތައް ކުރާނަމަ، އެތުހުމަތުތައް ބެލުމަށް ފުލުހުންނަށް އަންގާނެކަމަށާއި ވެރިކަމުގައި ހުންނެވިއިރުވެސް އަމަލުކުރެއްވީ އެގޮތަށްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ނ. ކެނދިކުޅުދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަމާޒުވަމުންދާ ތުހުމަތުތަކަށް އިޝާރާތްކުރައްވައި މައްސަލަތައް ނުބަލަނީ ކީއްވެތޯ ސުވާލުކުރެއްވިއެވެ.

އެމަނިކުފާނުގެ ވެރިކަމެއްގައި އެމްއެމްޕީއާރްސީގެ ތުހުމަތުތައް ފަދަ ތުހުމަތުތައް ކުރާނަމަ، އެމައްސަލަ ބެލުމަށް ފުލުހުންނަށް އަންގާނެކަމަށް ވިދާޅުވިއެވެ. އަދި އެފަދައިން ކަން ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

ޗާގޯސްގެ މައްސަލައަށް އިޝާރާތްކުރައްވައި، އެމައްސަލާގައި ސަރުކާރުން ސްޓޭންޑް ބަދަނުކުރާކަމަށް ބުނެ ދައްކަމުންދާވާހަކަތައް ދޮގުކުރެއްވިއެވެ. އަދި މޮރިޝަސްއާއި އެއްކޮޅަށް ވޯޓު ދިނުމުގައި ސަރުކާރުގެ ސްޓޭންޑް ބަދަލުކޮށްފައިވާކަމަށާއި އެކަން ކުރީ ކީއްވެގެންކަން ރައްޔިތުންނަށް ބުނެދޭންޖެހޭނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، މޮރިޝަސްއަށް ރައީސް ސޯލިހު ފޮނުވި ސިޓީގައި ހިމަނާފައިވާ ކަންކަން ސާފުކޮށްދޭންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

""ކެނދިކުޅުދޫ ދިގުމަގުގެ 33 ގުނަ ދިގުމިނާއި އެވަރުގެ ފުޅާމިން އެސަރަހައްދުގައި ހުންނާނެ. އެއީ ގާތްގަނޑަކަށް 96،000 އަކަކިލޯމީޓަރު"

މިއީ ހިލޭ ކުރާވަރުގެ ކަންކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މީގައި ފައިދާވާނެ ބަޔަކު ތިބޭނެކަމަށް ރައީސް ޔާމީން ތުހުމަތުކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *