ޕީޖީ ހުސެއިން ޝަމީމް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޢަމަލުކުރަމުންދާ ދެގަވާއިދަކަށް އިޞްލާހެއް ގެނެސް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.
އެ ދެ ގަވާއިދަކީ ޖިނާއީކުށުގެ ތުހުމަތު ކުރެވޭ ކުޑަކުދިންގެ މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަމަލުކުރާނެ ގޮތުގެ ގަވާއިދާއި، ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތުގެ ގަވާއިދެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސެއިން ޝަމީމު ވިދާޅުވީ މި ދެގަވާއިދަށް ބަދަލު ގެންނަން ޖެހުނީ، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ކުށުގެ ޢަމަލުގައި ހިމެނޭ ކުޑަކުދިންގެ މައްޗަށް ޑައިވަރޝަން ޕްރޮގްރާމް ހިންގުމަށް ދިމާވަމުން ދިޔަ ބައެއް ގޮންޖެހުންތައް ޙައްލުކޮށް، މާނަހުރި ގޮތެއްގައި، އެޤާނޫނުގައި ބުނާ ޕްރޮގްރާމްތައް ހިންގޭނެ ޤާނޫނީ ނިޒާމެއް ޤާއިމުކުރުމަށް މަގުފަހިކުރުމަށް ކަމަށެވެ.
ޤާނޫނު ފާސްވެގެން އައިއިރު، ޑައިވަރޝަން އެއްބަސްވުން ހެދުމަށް އެކަށީގެންވާ ވަގުތެއް ނެތް. އޭގެ އިތުރުން، ޑައިވަރޝަން އެއްބަސްވުމެއް ހެދުމަށްފަހު، ދައުވާ ނުކުރަން ނިންމާފައި އޮއްވާ، ޑައިވަރޝަން އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، ދެން ހެދޭނެ ގޮތެއްވެސް ނެތް. އަލުން ދައުވާ ހުށަހަޅަން ބަލާއިރު، ދައުވާކުރަން އޮތް މުއްދަތުގައި ކޯޓަށް މައްސަލަ ހުށަނާޅާތީ، އަލުން ކޯޓަށް ހުށަހެޅޭކަށްވެސް ނެތް. ނަތީޖާއެއްގެ ގޮތުން، ޑައިވަރޝަންގައި ބައިވެރިވުން އެއީ ޤާނޫނީ ނަތީޖާއެއް ނާންނަ ކަމަކަށްވަނީ"

ޖިނާއީ ޢަދުލުގެ ނިޒާމުގައި، އެކި ސަބަބުތަކާހުރެ ތާށިވާ ކުޑަކުދިންނާމެދު ޢަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައި އޮތީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައެވެ. މިއީ 2020 ވަނަ އަހަރު ޢަމަލަކުރަން ފެށި ޤާނޫނެވެ. އެޤާނޫނުގައި، ކުޑަކުދިންނާމެދު ޢަމަލުކުރާނެ ގޮތްތަކާބެހޭ ފަލްސަފާތަކާއި އިޖުރާއަތުތައް އޮތީ ބަޔާންކޮށްފައެވެ.

އެޤާނޫނުގެ 8 ވަނަ މާއްދާ ބުނާގޮތުން، ކުށުގެ ވެއްޓަށް ހުށަހެޅޭ ކުއްޖެއްގެ މައްޗަށް ފިޔަވަޅު އެޅުމުގައި އެންމެ އިސްކަން ދޭންޖެހޭނީ އެކުއްޖާ އިޞްލާޙުކޮށް، އަނބުރާ މުޖްތަމަޢާށް ގެނައުމަށެވެ. އެކަން ޙާޞިލުކުރާނީ، ޑައިވަރޝަން ޕްރޮގްރާމެއްގެ ތެރެއިން ކަމަށް ޕީޖީ ވިދާޅުވިއެވެ.

ޑައިވަރޝަންގެ މަޤްޞަދުތަކުގެ ތެރޭގައި، ކުއްޖާ ކުރި ޢަމަލުގެ ސަބަބުން ކުރިމަތިވި ގެއްލުމަށް ޒިންމާވާން ބާރުއެޅުމާއި، މަޢާފަށް އެދުމުގެ ފުރުޞަތު ހޯދައިދިނުމާއި، ކުށް ތަކުރާރުކުރުމުން ދުރުހެލިކުރުމާއި ކުށުގެ ރެކޯޑެއް އައުން ހުއްޓުވުން ހިމެނެއެވެ.

ޤާނޫނާ ޚިލާފުވިކަމުގެ ތުހުމަތުކުރެވޭ ކުއްޖެއްގެ މައްސަލައެއް އެއް މަރުހަލާއިން އަނެއް މަރުޙަލާއަށް ބަދަލުކުރަންވާނީ ޑައިވަރޝަންއަށް ފޮނުވުމާމެދު ގޮތެއް ނިންމުމަށްފަހު ކަމަށްވެސް ޤާނޫނުގައި އޮންނަ ކަމަށާއި، ޑައިވަރޝަންއާމެދު ގޮތެއް ނިންމުމުގެ ބާރު އޮތީ ތަޙްޤީޤުކުރާ އިދާރާތަކަށާއި ޕްރޮސިކިއުޓަރ ޖެނެރަލަށް ކަމަށް ޕީޖި ވިދާޅުވިއެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *