އީކޮމާސް ސައިޓްތަކުގައި ވިސާ ކާޑުތަކުން ކުރާ މުއާމަލާތްތަކުގައި ދަތިތަކެެއް ކުރިމަތިވެދާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ބީއެމްއެލްއިން މިއަދު ބުނީ ޕޭމަންޓް ގޭޓްވޭ އަދި ބީއެމްއެލްއިން ދޫކުރާ ކާޑުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މުހިންމު އަޕްގްރޭޑް މަސައްކަތްތަކެއް ކުރަމުންދާތީ، ބީއެމްއެލްއިން ދޫކޮށްފައިވާ ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑު ރާއްޖޭން ބޭރުގެ ބައެއް އީކޮމާސް މާޗެންޓްގައި ބޭނުންކުރުމުގައި ކަސްޓަމަރުންނަށް ދަތިތަކާ ދިމާވެދާނެ ކަމަށެވެ.

އެެހެން ނަމަވެސް ކަސްޓަމަރުންނަށް ރާއްޖޭން ބޭރުގައި އޭޓީއެމް އަދި ޕީއޯއެސްގައި ވިސާ ކާޑު ބޭނުން ކުރެވޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލުން ބުނީ އަޕްގްރޭޑުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައި، ހިދުމަތް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އަޕްގްރޭޑް ނިމުމުން ބޭންކުން ކަސްޓަމަރުންނަށް އަންގާނެ ކަމަށެވެ.

މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭ ކަމަށް ވެސް ބީއެމްއެލްއިން ބުނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *