މިނިސްޓަރ ޝާހިދު ޗައިނާގެ ފޮރިން މިނިސްޓަރާއެކު

ޗައިނާއާއެކު އޮތް ގުޅުން ވަރުގަދަކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ދިވެހި ސަރުކާރުން ކުރަމުންދާނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ޗައިނާގެ ގުޅުމަށް ފަންސާސް އަހަރުފުރުމުގެ މުނާސަބާގައި ޗައިނާގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ފާއިތުވި ފަންސާސް އަހަރުގެތެރޭ ދެގައުމުގެ މެދުގައި އޮތް ގުޅުން ވަރުގަދަވެފައިވާކަން ފާހަގަކުރެއްވިއެވެ. ރާއްޖޭގެ އިޖްތިމާއީ އިގްތިސާދީ ތަރައްގީއަށް ޗައިނާއިން ވެދެއްވާފައިވާ އެހީއަކީ ފާހަގަކޮށްލެވޭ އެހީތަކެއްކަން ފާހަގަކުރައްވައި އިގްތިސާދީގޮތުން ރާއްޖެ ކުރިއެރުވުމަށްޓަކައި އެތައް ދާއިރާއަކުން މުހިންމު އިންވެސްޓްމަންޓްތަކެއް ޗައިނާއިން ކޮށްދެއްވާފައިވާކަމަށް ވިދާޅުވިއެވެ.

"ޗައިނާއާއެކު އޮތް ގުޅުން ބަދަހިކުރުމަށް ރާއްޖެއިން ކެނޑިނޭޅި މަސައްކަތްކުރާނެ"

ރާއްޖެއިން އަމަލުކުރަމުންދާ ވަން ޗައިނާ ޕޮލިސީ ދަމަހައްޓަމުން އައުމަކީ މިގުޅުން މިގޮތަށް ދެމެހެއްޓެމުން އައި އެންމެ ބޮޑު ސަބަބުކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ ދެގައުމުންވެސް އަމަލުކުރަމުންދާ އެއްގޮތް ސިޔާސަތުތައް ހުރިކަން ފާހަގަކުރައްވާފައެވެ.

ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ޗައިނާގެ ރައީސް ޝީ ޖިން ޕިންއަށް ތަހުނިޔާގެ މެސެޖެއް ފޮނުވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *