ރާއްޖޭގައި މަނީ ލޯންޑްރިންގެ މައްސަލަތައް ހިންގާ ކަމަށާއި މިފަދަ މައްސަލަތައް މަދު ކުރުމަށް އިންވެސްޓިގޭޝަން އޮފިސަރުންގެ ދައުރު ވަރަށް މުހިންމު ކަމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.
އޭސީސީގެ ރައީސް މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތާއި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް، އޮފީސް އޮފް އޯވަރސީސް ޕްރޮސެކިއުޓޯރިއަލް ޑިވެލޮޕްމަންޓް، އެސިސްޓެންސް އެންޑް ޓްރެއިނިންގ ގުޅިގެން ކުރިއަށް ގެންދިޔަ ކޮރަޕްޝަން އެންޑް މަނީ ލޯންޑްރިންގ އިންވެސްޓިގޭޓިވް ސްކިލްސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައެވެ.
ކޮރަޕްޝަންސް އެންޑް މަނީ ލޯންޑްރިން އިންވެސްޓިގޭޓިވް ސްކިލްސް ޕްރޮގްރާމަކީ މިމަހު 9 -12 އަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ޓްރޭނިންގ ޕްރޮގްރާމްގައި ފުލުހުންނާއި، އޭސީސީއާއި، އެމްއެމްއާއު އެޗްއާރްސީއެމް އާއި ޕީޖީ އޮފީހުން ޖުމްލަ 44 މުވައްޒަފުން ބައިވެރިވިއެވެ.
ބައިވެރިންނަށް މި ޕްރޮގްރާމްގެ ޒަރިއްޔާއިން މައުލޫމާތު ދިން ދާއިރާތަކުގެ ތެރޭގައި ކޮރަޕްޝަނާއި މަނިލޯންޑްރިންގެ އެކި ވައްތަރުތަކުގެ މައުލޫމާތު ހިމެނެއެވެ.