އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ހއ. ތުރާކުނުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ މިއަދު ތުރާކުނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަލީ އާއި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.

މިސްކިތް ނިމުމުން އިމާރާތް ހުންނާނެ ގޮތުގެ ތަސްވީރެއް

300 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ 10.6 މިލިއަން ރުފިޔާއަށް މައިކްރޯން ޕްރިވެޓް ލިމިޓެޑާއެވެ.

365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި ޕްރޮޖެކްޓް އެ ކުންފުންޏާއި ޙަވާލުކޮށްފައިވަނީ 23 މާރޗް 2022 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *