އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އަލަށް ހަ އެއާޕޯޓެއް ތަރައްގީކުރުމަށް ފައިސާ ހޯދުމަށް ދިވެހި ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

ފައިސާގެ ބަދަލުގައި ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުން މިއެއާޕޯޓުތައް ތަރައްގީކުރުމަށް ފައިސާ ހޯދުމަށް ދީފައިވަނީ ދެކުނުދުނި އިންވެސްޓްމެންޓް ކުންފުންޏަށެވެ. މިކުންފުނިން ފައިނޭންސް ހޯދާނީ ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ، ފ. މަގޫދޫ، ތ. ވިލުފުށި، އަދި ރ.އަތޮޅުގެ ދެކުނު ބިތުގެ ރަށެއްގައި ރީޖަނަލް އެއާޕޯޓް އެޅުމަށެވެ.

މި ހަ ރަށުގައި އެއާޕޯޓް ތަރައްގީކުރުމަށް ފައިނޭންސް ކޮށްދޭނެ ބަޔަކު ހޯދުމަށް އެކި ފަހަރުމަތިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހާއި އޮގަސްޓްމަހުވެސް ފައިނޭންސްކުރުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ. އެއާޕޯޓެއް ތަރައްގީކުރުމަށް ފައިނޭންސްކުރުމަށް އެންމެ މަދުވެގެން ތިން މިލިއަން އެމެރިކާ ޑޮލަރު ހުށަހަޅަން ޖެހޭކަމަށް ގެޒެޓްކުރި އިއުލާންގައިވެއެވެ.

މި އެއާޕޯޓްތައް ތަރައްގީ ކުރުމަށް 133 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ލަފާކުރެއެވެ.

މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވައިލުމަކީ ސަރުކާރުގެ އަމާޒެކެވެ. މިހާރު ތަރައްގީކުރަމުންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓާއި އާރްޓީއެލްގެ ފެރީގެ ނިޒާމާއެކު ދަތުރުފަތުރުގެ ނިޒާމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަން ސަރުކާރުން ފާހަގަކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *