އެމްއެންޑީއެފުން އާންމުކުރި ފޮޓޯ

ބަންޑުންޖަހާލާފައިވާ އޮއްވައި ފެނުނު ލޯންޗަކީ ގެއްލިގެން ހޯދަމުންދާ ލޯންޗެއްކަން ހާމަވެއްޖެއެވެ.

މީގެ ގަޑިއިރެއްހާއިރު ކުރިން، އެމްއެންޑީއެފުން ވަނީ އއ. މާޅޮހުގެ ދެކުނުން ބަނޑުން ޖަހާލާފާއި އޮތް ލޯންޗެއް ފެނިފައިވާކަމަށް ބުނެފައެވެ. އަދި ލޯންޗު ފެނުނުއިރު ލޯންޗުގައި އެއްވެސް މީހަކު ނެތްކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ފޮޓޯ އާންމުކުރިތާ ގަޑިއެއްހާއިރު ފަހުން، ފުލުހުން ވަނީ އޮކްޓޯބަރ 6 ވަނަދުވަހުގެ މެންދުރު 1:00 ހާއިރު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެއްގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށް ބުނެފައެވެ. އޭގެކުރިން ގެއްލިގެން ލޯންޗެއް ހޯދަމުންދާކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެ ލޯންޗު ބަންޑުންޖަހާލާފައި އޮއްވައި އއ. މާޅޮސް ކައިރިން މިއަދު ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެތަނުން އެކަކު ފެރިދޫ ފުއްޓަރާ ދިމާއިން ފެނިފައިވާއިރު ދެ ވަނަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

ފެނިފައިވާ މީހާއަށް ފެރިދޫ ސިއްހީ މަރުކަޒުގައި އަންނަނީ ފަރުވާ ދެމުންނެވެ.

މިމީހާ ފެނިއްޖެ ނަމަ ނުވަތަ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމާ 119 ނުވަތަ 3322111 އަށް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *