ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ރިވިއުކޮށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން އެކުލަވައިލަން ޖެހޭ ގާނޫނުތައް ހެދުމުގެ މަަޝްވަރާ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ މަދަނީ ޖަމިއްޔާތަކަށް އެ ފުރުސަތު ހުޅުވާލައިިފި އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކާ ގާނޫނު އަސާސީގެ 158 ވަނަ މާއްދާއަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ބިލު އެކުލަވާލައި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ތެރޭގައި ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށް ކުރިއަށް ގެންދާ މަޝްވަރާތައް މި މަހުގެ ދެވަނަ ދުވަހު ވަނީ ފަށާފައެވެ. ފުރަތަމަ ބައްދަލުވުން އޮތީ ޖޭއެސްސީގެ މެންބަރުންނާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނާ އެކުގައެވެ.

އޭޖީ އޮފީހުން ބުނީ އެ ސިލްސިލާގެ އިތުރު ބައްދަލުވުމެއްގައި ބައިވެރިވާން އެދޭ މަދަނީ ޖަމިއްޔާތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެކަމަށް އެދޭ ޖަމިއްޔާތަކުން ރަޖިސްޓްރީ ކުރުމަށް ވެސް ވަނީ އެދިފައެވެ.

މީގެއިތުރުން ހިޔާލު ހޯދަންވެސް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ހުޅުވާލާފައެވެ. އެގޮތުން ހިޔާލު ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމު މެދުވެރިކޮށް މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އާންމުންނަށް ހިޔާލު ހުށަހެޅޭނެ ކަމަށާ އީމެއިލް މެދުވެރިކޮށް ވެސް ހިޔާލު ހުށަހެޅޭނެ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *