އެސްޓީއޯ އާއި ޖެނެރަލް އިލެކްޓްރިކް ހެލްތް ކެއާއިން ހިންގާ ރޭޑިއޮލޮޖީ ޕްރޮގްރާމުގެ ޑިޕްލޮމާ ކޯހަށް 25 ދަރިވަރުން ހޮވައިފިއެވެ.

ހެލްތު މިނިސްޓްރީއާއި، އެމް.އެން.ޔޫ އަދި އެސް.ޓީ.އޯ ގުޅިގެން ކުރިއަށްގެންދާ ޑިޕްލޮމާ އިން ރޭޑިޔޯގްރަފީ ކޯހަކީ ވަޒީފާގެ ބާޒާރުގައި ރޭޑިޔޯގްރަފީ ޓެކްނީޝަނުންގެ ގޮތުގައި ދިވެހިން ބިނާކޮށް އަދި ވަޒީފާ އަދާކުރާ ފެންވަރު ހުރި ދިވެހިން އިތުރުކުރުމުގެ ގޮތުން ހިންގާ ކޯހެކެވެ.

މި ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖީއީ ހެލްތް ކެއަރގެ ކަރިކިއުލަމްއަކަށް "ފުލްޓައިމް" ކޯހެއްގެ ގޮތުގައިއެވެ.

އެސްޓީއޯގެ ފަރާތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިންގާ ރޭޑިއޯގްރާފީ ކޯހަށް ހޮވިފައިވާ ދަރިވަރުންނަށް އެސްޓީއޯ އިން ވަނީ މެސެޖެއް ދީފައެވެ. އެސްޓީއޯ އިން ބުނީ، މި ރޭޑިއޯގްރާފީ ކޯހަކީ ވަރަށް ގިނަ މީހުންގެ ފޮނި އުއްމީދުތަކަކާ އެކު ކިޔެވުމަށް ފުރުސަތު ލިބޭ ކޯހެއް ކަމަށާއި މިއީ ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ސިއްހީ ދާއިރާއެއް ކަމަށެވެ. އެހެންކަމުން، މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފައި، މި ކޯސް ފުރިހަމަ ކޮށް އަދި މުސްތަގްބަލުގައި ގައުމު ފަހުރުވެރިވާ ސިއްހީ ހިދުމަތްތެރިއަކަށް ވުމަށް އަޒުމް ކަނޑައަޅައި ހިތްވަރާއެކު މަސައްކަތް ކުރުމަށް އެސްޓީއޯ އިން ބުނެއެވެ.

މިއީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މިންގަނޑުތަކާއި އަދި މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގެ މިންގަނޑުތަކާއި އެއްގޮތަށް ކުރިއަށްގެންދާ ކޯހެކެވެ.

މި ކޯހުން ފާސްވާ ބައިވެރިންނަށް ލެވެލް 5 ގެ ނެޝަނަލް ސެޓްފިކެޓްއެއް ލިބިގެންދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *