ރައީސް ސޯލިހު އިއްޒުއްދީން ސްކޫލްގައި

ދަރިން ތަރުބިއްޔަތުކުރުމުގައި މުދައްރިސުން ކުރައްވަމުން ގެންދަވަނީ އިހްލާސްތެރި މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ރައީސް ވިދާޅުވީ ޓީޗަރުންކުރަމުންދާ މަސައްކަތުގެ އަގު އަދާނުކުރެވޭނެކަމަށެވެ. އަދި މުދައްރިސުން ދަރިވަރުންނަށް އުނގަންނައިދޭ ކަންކަމަކީ އުމުރު ދުވަހުވެސް ދަރިންގެ ކިބައިގައި އެކަން ހަރުލާފައި ހުންނަ ކަންކަންކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ދިރިއުޅުމުގެ މައިދާނަށް ދަރިން ތަރުބިއްޔަތުކުރުމުގައި ކުރާ މަސައްކަތަކީ ބުރަ އަދި އިހްލާސްތެރި މަސައްކަތެއްކަމަށް ރައީސް ވިދާޅުވިއެވެ. އެކަމުގެ އަގު އަދާނުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މުދައްރިސުންގެ ދުވަސް ފާހަގަކުރަމުންދާއިރު، މިސަރުކާރުން ތައުލީމީ ދާއިރާއަށް ގެނެސްފައިވާ އެންމެ ހެޔޮ ބަދަލަކީ މުދައްރިސުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުކަމަށް ސަރުކާރުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ފެންވަރު ރަނގަޅު މުދައްރިސުން ދާއިރާގައި ގިނަ ދުވަހު މަސައްކަތްކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށް ސަރުކާރާއި ތައުލީމީ ވުޒާރާއިން ފާހަގަކުރެއެވެ.

މިދުވަސް ފާހަގަކުރުމަށް ސްކޫލްތަކުގައި ކުލަގަދަ ހަރަކާތްތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *