ރައީސް އޮފީސް

ވަޒީފާއާއި ބެހޭ ޓްރައިބިޔުނަލްގެ މެމްބަރުން ރައީސް އޮފީހަށް ހާޒިރުކޮށްފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ޓްރައިބިއުނަލްގެ މެމްބަރުން ރައީސް އޮފީހަށް ހާޒިރުކޮށްފައިނުވާ ކަމަށެވެ. އެހެންނަމަވެސް ޓްރައިބިއުނަލްގެ އަހަރީ ރިޕޯޓް ހުށަހެޅުމާއި ގުޅިގެން، ރިޕޯޓްގައިވާ ކަންކަމާމެދު މައުލޫމާތު ބަދަލުކޮށް، ހިންގުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރުމުގެ ބައްދަލުވުމެއް ބޭއްވިކަމަށް މިއުވާން ވިދާޅުވިއެވެ.

އޮންލައިން ނޫހެއްގައި ވަޒީފާއާއި ބެހޭ ޓްރައިބިޔުނަލްގެ މެމްބަރުން ރައީސް އޮފީހަށް ހާޒިރުކޮށްފައިވާކަމަށް ބުނެ ޝާއިއުކޮށްފައިވާ ހަބަރުގައިވާ ގޮތުން ޓްރައިބިޔުނަލްގެ މުވައްޒަފުން ރައީސް އޮފީހަށް ހާޒިރުކޮށްފައިވަނީ ސީދާ ރައީށް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންގެވުމަށް ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

އަދި ސަރުކާރުގެ ވަޒީފާތަކުންނާއި ދައުލަތުގެ ކުންފުނިތަކުން ވަޒީފާއިން ވަކިކުރާ ގިނަ މީހުންނަށް އަނބުރާ ވަޒީފާދޭން ޓްރައިބިއުނަލްއިން ނިންމާތީ މާލީގޮތުން ސަރުކާރަށް ބުރަވާކަމަށް ބައްދަލުވުމުގައި ފާހަގަކޮށްފައިވާކަމަށް ހަބަރުގައި ވަނީ ޝާއިއުކޮށްފައެވެ. ޓްރައިބިއުނަލްގެ މެމްބަރުން އެފަދައިން މައްސަލަތައް ނިންމަވަމުން ގެންދާނަމަ ސަރުކާރުން އެ ބޭފުޅުން މަގާމުގައި ބޭތިއްބުމާއިމެދު އެހެން ވިސްނުމަކަށް ދާންޖެހިދާނެކަމުގެ މޭރުމަކުން އެބައްދަލުވުމުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ވިދާޅުވިކަމަށް ހަބަރުގައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *