ހޮރައިޒަން މައްސަލާގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގެ ތެރެއިން

ހޮރައިޒަންގެ މައްސަލާގައި މިއަދު މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ބޭއްވި ބައްދަލުވުން ސިއްރުކޮށްފިއެވެ.

ހޮރައިޒަންގެ މައްސަލަ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ދިރާސާކުރަނީ މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެންނެވެ. ގއ. ހޯޑެއްދޫގައި މަސް ފެކްޓްރީއެއް އަޅަން ހޮރައިޒަން ފިޝަރީޒްއާ އެކު މީގެ 17 އަހަރުކުރިން ވެފައިވާ އެއްބަސްވުން ސަރުކާރުން ދަމަހައްޓަނީ ގާނޫނާ ހިލާފަށްކަމަށް، މަޖިލީހުގެ ރައީސަށް މެންބަރު ފިރުޝާން ހުށަހެޅުއްވި ސިޓީގައިވެއެވެ.

ފިޝަރީޒް މިނިސްޓަރު ޑރ.ހުސައިން ރަޝީދު ހަސަން މަޖިލީހުގައި ދެއްވާފައިވާ ޖަވާބުތަކުން ހޮރައިޒަނުން  އެއްބަސްވުމާއި ހިލާފުވެފައިވާކަމަށް، ހާމަވާކަމަށް މެމްބަރު ވިދާޅުވެއެވެ. އެހެންނަމަވެސް އެއްބަސްވުން ބާތިލުނުކޮށް ދަމަހައްޓަނީ ކޮރަޕްޝަނާއި ނާޖާއިޒު ފައިދާއަށް މަގުފަހިކުރުމަށްކަމަށް މެންބަރު ތުހުމަތުކުރައްވައެވެ.

މިމައްސަލަ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން މިއަދު ދިރާސާކުރަމުން އަންނައިރު ކޮމިޓީއަށް މިއަދު ހޮރައިޒަން ފިޝަރީޒާއި، ފިޝަރީޒް މިނިސްޓްރީގެ ބޭފުޅުން ވަނީ ހާޒިރުވެފައެވެ. ހޮރައިޒަންގެ ފަރާތުން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމްވެސް ވަޑައިގެންނެވިއެވެ.  މިނިސްޓްރީގެ ފަރާތުން ޑރ  މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަންވެސް ކޮމިޓީއަށް ވަޑައިގެންނެވިއެވެ.

މަޖިލީހުގެ ކޮމިޓީ ސިއްރުކުރުމަށް އެދިވަޑައިގަތީ މިނިސްޓަރ ޑރ ހުސެއިން ރަޝީދު ހަސަނެވެ. މިނިސްޓަރ ވަނީ ކޮމިޓީ ބައްދަލުވުމާއި ކޮމިޓީން އެކުލަވާލާ ރިޕޯޓުވެސް ސިއްރުކުރުމަށް އެދިވަޑައިގެންފައެވެ.

"އާންމުވާ މައުލޫމާތެއްގެ ސަބަބުން ފަހުން ނުކުމެދާނެ ނަތީޖާއަކަށް ބަލައި ކޮމިޓީ ސިއްރުކުރަން އެދެން"

މިނިސްޓަރު އެދިވަޑައިގެންނެވިގޮތާއި އެއްވެސް މެމްބަރަކު ދެކޮޅު ހައްދަވާފައި ނުވާތީ ކޮމިޓީވަނީ ސިއްރުކޮށްފައެވެ.

މިމައްސަލާގައި މަޖިލީހުގެ ތަޅުމުގައިވެސް އެކިފަހަރު މަތިން މިނިސްޓަރާއި ވަނީ ސުވާލުކޮށްފައެވެ. އެހެންނަމަވެސް މިނިސްޓަރު ދެއްވާ ޖަވާބާއި މެދު މެންބަރު ފިރުޝާން ވަނީ ތަކުރާރުކޮށް ނުރުހުން ފާޅުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *