އެކްސަސައިޒް އެކަތަ 2022 ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އެމްއެންޑީއެފާއި އިންޑިއާ ނޭވީން ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގައި ހިންގި "އެކްސަސައިޒް އެކަތަ 2022" ނިންމާލައިފިއެވެ.

މި އެކްސަސައިޒް ނިންމުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ހެޑްކުއޯޓަރޒް، ލ.ކައްދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެކްސަސައިޒްގެ "ބެސްޓް ޑައިވަރސް" އެވޯޑް ހާސިލުކުރި މެރީންސްއަށް އެވޯޑް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހްމަދު ދީދީއެވެ. އެކްސަސައިޒްގައި ބައިވެރިވި އިންޑިއާ އަސްކަރިއްޔާގެ ޓްރެއިނިންގ ޓީމަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

ސެޕްޓެންބަރު 5 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި އެކްސަސައިޒް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ދެގައުމުގެ މެދުގައި މޮމެންޓޯ ބަދަލުކުރެއްވުމާއި، އެކްސަސައިޒްގައި ބޭނުންކުރި ހަތިޔާރުތައް ދައްކާލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެމްއެންޑީއެފް މެރިން ކޯރ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ 30 މެރީންސްއާއި އިންޑިއަން ނޭވީގެ 10 މެރިން ކޮމާންޑޯސް ބައިވެރިވި މި އެކްސަސައިޒްގައި ކޮމްބެޓް ޝޫޓް، ވީބީއެސްއެސް، ޑިމޮލިޝަން، ސީކިއުބީ، ޑައިވޭޓަރ ޑައިވިންގ، ރީބްރީތަރ ޑައިވިންގެ އިތުރުން ޑައިވިންގ އޮޕަރޭޝަން ފަދަ ބައިތައް ވަނީ އުނގެނި ފަރިތަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *