ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ބޭނުންފުޅުވާ ކެސިނޯ އެޅުމުގެ ހުއްދަ ޔޫތް މިނިސްޓަރަށް ނުދެއްވޭނެ ކަމަށާއި، އެކަމުގައި މަޝްވަރާކޮށްގެން ގޮތެއް ނިންމަން ޖެހޭ ކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި އޮތް ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބުދުﷲ ޖާބިރު ވަނީ ކެސިނޯ އެޅުން މަނާ ކުރަނީ ކޮންތަނަކުންތޯ ސާފުކުރެއްވުމަށް މަހްލޫފާއި ސުވާލު ކުރައްވާފައެވެ.

" ނޮން ޕްރޮފިޓް ސްޕޯޓްސް ހިންގުމުގެ ބަދަލުގައި  ކެސިނޯ ލައިސަންސާއި މި ވަގުތަށް ބޭނުންވާ ޕްރޮޖެކްޓްތައް ހިންގުމަށްޓަކާއި ސީން ތަފާތު ކުރުމަށްޓަކާއި ކެސިނޯ ލައިސަންސް އަޅުގަނޑު ބޭނުންވާތީ އިންޑަސްޓްރީއަށް ބޭނުންވާ ބިލިއަނެއްހާ ޑޮލަރު ސަޕްލައި ކުރާނެގޮތް ވުޖޫދު ކުރުމަށްޓަކައި ކިހާވަރެއްގެ މަސައްކަތް ތިޔަ މިނިސްޓްރީ ކުރޭތޯ. ކޮންތާކުންތޯ މަނާކުރަނީ."

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކެސިނޯގެ ލައިސަންސެއް ދިވެހިރާއްޖޭގައި ދިނުމާ ގުޅޭ ގޮތުން މިއީ ތަކުރާރުކޮށް ނުކުންނަ ސުވާލެއް ކަމަށެވެ.

"ފާހަގަވާ ކަމަކީ ކެސިނޯ އަކީ އެއްވެސް ގަވާއިދަކުން މަނާކުރާ ކަމެއް ނޫން.  އެހެންނަމަވެސް ސާފު ގަވާއިދުތަކެއް ނެތުމުން ރިސޯޓްތަކަށް މި މަސައްކަތް ނުކުރެވި އެ ހިދުމަތް ނުދެވިވާކަމަށް ތަކުރާރުކޮށް އިއްޒަތްތެރިން މެންބަރުން ފާހަގަ ކުރައްވާ"

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ މަހުލޫފު ވިދާޅުވީ ޖާބިރު ގެންގުޅުއްވާ ވިސްނުފުޅުތަކާއި ދައްކަވާ ވާހަކަތައް ވަރަށް ގާތުން އައްސަވާ ކަމަށެވެ.

މަހުލޫފް ވިދާޅުވީ، ކެސިނޯގެ ވާހަކަ ފެށިޔަސް އެވާހަކަ ބުންޏަށް ގޯސްވާ ކަމަށާއި އެނަން ކިޔަސް ގޯސްވާ ހިސާބަށްގޮސް އެންމެން އުޅެންޖެހޭނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.

މިއިން ކަމަކާ ގުޅިގެން މަޝްވަރާކޮށްލާނެ ޖާގަވެސް އެ އޮންނަ ކަމަކަށް ނުވޭ. އިއްޒަތްތެރި މެންބަރު ކުރީ ދުވަހުވެސް ވިދާޅުވިހެން ބަރާބަރަށް ރާ ވިއްކާ އެހެން ހުރިހާ ސަކަރާތްތަކެއްވެސް އެތަންތާންގަ ކުރޭ. ކެސިނޯގެ ވާހަކަ ފަށާފަ ހަމަ ބުނާއިރަށް ބުނޭ ހަރާމޭ. ރާ  ރާ ވިއްކާއިރު ހަރާމެއް ނޫނޭ ކެސިނޯގެ ވާހަކަދައްކާއިރަށް އެ ހަރާމޭ ނުބުނެވޭނެ."

މަހްލޫފަކީ އެކަމަށް ހުއްދަދެއްވާ މީހާ ނޫން ކަމަށާއި، ރިސޯޓްތައް އޮންނަނީ މަހްލޫފުގެ ބެލުމުގެ ދަށުގައި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މުޖުތަމައުގައި މިހެން ހުރި ހުރިހާ ކަމަކީ މަޝްވަރާކޮށްގެން ގޮތްތައް ހޯދަން ޖެހޭ ކަންކަން ކަމަށެވެ. ރަނގަޅާއި  ނުބަޔާއި އެނގޭނީ އޭރުން ކަމަށާއި،  މިއަދު ބައެއް މީހުންގެ ވާހަކަތައް އަޑުއަހާފައި އެއީ ކީއްވެގެންތޯ ދަރިންވެސް ސުވާލުކުރާ ކަމަށާއި، އެއަށްދޭނެ ޖަވާބެއް ނޭންގޭ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

އޭގެ ސަބަބުން ދެފަޅިއަށް މީހުން ބެހި ދެ ފަޅިންވެސް ފެންނަނީ ވަރަށް ބޮޑު ހައްދުފަހަނަ އެޅުމަކަށް ދާން ތަން ކަމަށް މަހުލޫފް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *