ގާލާ އީވްނިންގެ ތެރެއިން

"ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްސް" ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު 77 ބޭފުޅަކަށް ދެއްވައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރުމާއި ގުޅިގެން ކުރުނބާ ވިލެޖުގައި ބޭއްވި ގާލާ އީވްނިންގައި ފަތުރުވެރިކަން ކުރިއެރުވުމަށް ފާއިތުވި އަހަރުތަކުގައި ކޮށްފައިވާ މަސައްކަތް އަގުވަޒަންކުރުމުގެ ގޮތުން އެވޯޑްތައް ވަނީ ދީފައެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ އިތުރުން ދާއިރާއާއި ގުޅުންހުރި އަދި ދާއިރާއަށް ހިދުމަތްކޮށްފައިވާ އެހެން ދާއިރާތަކުގެ ބޭފުޅުންނަށް ވަނީ އެވޯޑް ދީފައެވެ.

"ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްސް" ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ބޭފުޅުންގެ ތެރޭގައި ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްކުރެއްވުމަށް މަސައްކަތްކުރެއްވި މިހާރުގެ ހެލްތު މިނިސްޓަރ އަހުމަދު ނަސީމް، އެމްޔޫ އުމަރު މުހައްމަދު މަނިކު އަދި ޗަމްޕާ ހުސެއިން އަފީފް ހިމެނެއެވެ. ރައީސްގެ ވާހަކަފުޅުގައިވެސް މިތިން ބޭފުޅުން ކުރެއްވި މަސައްކަތުން ނަމޫނާ ނެގުމަށް ޒުވާނުންނަށް ވަނީ ގޮވާލައްވާފައެވެ.

އޭގެ އިތުރުން ފާއިތުވި އަހަރުތަކުގައި ރައީސްކަން ކުރެއްވި ބައެއް ބޭފުޅުންނަށްވެސް ވަނީ މި އެވޯޑް ދެއްވާފައެވެ. އޭގެ ތެރޭގައި އަލްމަރްހޫމް އިބްރާހިމް ނާސިރު، އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް، މުހައްމަދު ނަޝީދު ފާހަގަކޮށްލެވެއެވެ. ނައިބްރައީސް ފައިސަލް ނަސީމަށާއި ގާސިމް އިބްރާހިމަށްވެސް ވަނީ މިއެވޯޑް ދެއްވާފައެވެ.

މީގެ އިތުރުންވެސް ގެސްޓް ހައުސް އާއި، ޑައިވިން ސެންޓަރުތަކާއި ފަންނުވެރިކަމުގެ ދާއިރާއިންނާއި ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރިކުރުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ވަނީ އެވޯޑް ދެއްވާފައެވެ. މީގެ ތެރޭގައި ބޭރުގެ ބައެއް ބޭފުޅުންނާއި ޖަމިއްޔާތަކާއި ޓެލެކޮމިޔުނިކޭޝަން ދާއިރާގެ ބޭފުޅުން ހިމެނެއެވެ.

ފަތުރުވެރިކަމަށް 50 އަހަރު ފުރުން ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުންދާއިރު މިއަހަރު މިވަނީ އަލަށް ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަން ފަށާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *