މިސްކިތަށް ދީފައިވާ ގެއްލުންތަކުގެ ތެރެއިން

މަރާމާތު ކުރަމުންދަނިކޮށް ކުޅުދުއްފުށި ސިޓީ ހުކުރު މިސްކިތަށް ގެއްލުންދީފިއެވެ.

ކުޅުދުއްފުށީ ސިޓީ މޭޔަރު އަހުމަދު އާތިފް ވިދާޅުވީ ރޭގެ ވަގުތެއްގައި މިސްކިތަށް ބަޔަކު ގެއްލުން ދީފައިވާކަމަށެވެ.

އެގޮތުން ތަޅުންމަތީގައި ސިމެންތި އޮލަލައި ނުހިކި ހުއްޓާ ތަޅުންމައްޗަށް ފެންހޮޅިއެއް ދޫކޮށްލާފައިވާ ކަމަށާއި ތަޅުމުގައި އެކި އެއްޗެހި ލިޔެ ތަޅުން ހަލާކުކޮށްލާފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ.

މިސްކިތަށް ދީފައިވާ ގެއްލުމުގެ ތެރެއިން

 

 

 

 

 

މަދުފަރާތްތަކެއްގެ މިފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޮޑެތިގެއްލުންވެ، ރަށުގެ ތަރައްޤީއަށް ހުރަސްއެޅެމުންދާކަން ހިތާމަޔާއެކު ފާހަގަކުރަން."

މޭޔަރު ވަނީ ކިތަންމެވަރަކަށް މިފަދަ އަމަލުތައް ހިންގިކަމުގައިވިޔަސް، ރަށުގެ ތަރައްގީއާއި ރައްޔިތުންގެ ހެވާލާބައަށް މަސައްކަތްކުރުންމަތީ ސިޓީ ކައުންސިލް ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކުޅުދުއްފުށި ހުކުރު މިސްކިތް މަރާމާތުކުރަން ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިވަގުތު ގްރައުންޑް ފްލޯރގައި މަސައްކަތްކުރަމުންދިޔަ ނަމަވެސް މަތީ ފަންގިފިލާ އަންނަނީ ބޭނުންކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *