ގުރްއާނާއި ބެހޭ މަރުކަޒުން ބެހެއްޓި ފަންޑް ފޮށި

ޕާކިސްތާނަށް އެހީވުމަށް ކީރިތި ގުރްއާނާއި ބެހޭ މަރުކަޒުން ބައިލައްކައަށް ވުރެ ގިނަ ރުފިޔާ ޕާކިސްތާނު އެމްބަސީއަށް ހަވާލުކޮށްފިއެވެ.

އިއްޔެ ހެނދުނު 8:00 އިން ރޭގަނޑު 9:00 ޖެހުމާއި ހަމައަށް ހުޅުވާލާފައިވާ ފަންޑް ފޮއްޓަށް 510000 އަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ. ފަންޑް ފޮށި ބަހައްޓާފައި ހުރީ ސަލްމާން މިސްކިތް ގޯތިތެރޭގައެވެ. އޭގެ އިތުރުން މިކަމަށް ޚާއްސަކޮށްގެން ވަކި އެކައުންޓަކަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

ފަންޑް މެދުވެރިކޮށް ލިބުނު ފައިސާ މިއަދު ވަނީ ޕާކިސްތާން އެމްބަސީއާއި ހަވާލުކޮށްފައެވެ.

ޕާކިސްތާން އެމްބަސީއާއި ފައިސާ ހަވާލުކުރަނީ

މިދިޔަ ޖޫންމަހުން ފެށިގެން ކުރަމުންދިޔަ ވިއްސާރާގައި ޕާކިސްތާންގެ ތިންބައިކުޅަ އެއްބައި މީހުން ވަނީ ހާލުގައި ޖެހިފައެވެ. ޖުމްލަ 33 މިލިއަން މީހުން ކާރިސާގައި ހާލުގައި ޖެހިފައިވާއިރު ކާރިިސާއާއި ގުޅިގެން ނިޔާވި މީހުންނާއި ކުދިންގެ އަދަދު 1،700 އަށް އަރައެވެ.

ޕާކިސްތާނަށް އެހީވުމަށް ރާއްޖޭގެ އެކި ދާއިރާތަކުން އަންނަނީ ކެމްޕެއިންތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މީޑިޔާތަކުން ޓެލެތޯނެއް ގެންގޮސްފައިވާއިރު، ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ ރުފިޔާ އަދި ޑޮލަރު އެކައުންޓަށް ފައިސާ ޖަމާކުރެވޭނެގޮތްވެސް ވަނީ ހަމަޖައްސާފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *