ވެހިކަލްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އިންޑިއާ ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް 24 ވެހިކަލް ހަދިޔާކުރައްވައިފިއެވެ.

މިކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ޚާއްsa ރަސްމިއްޔާތުގައި ރަސްމީކޮށް މިވެހިކަލްތައް ދިވެހި އަސްކަރިއްޔާއަށް ޙަވާލުކޮށްދެއްވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވަތުރާއެވެ. ދިވެހި އަސްކަރިއްޔާއިން މި ވެހިކަލްތަކާ ޙަވާލުވެލެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއެވެ.

 

ވެހިކަލްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ މާރިޔާ ވަނީ އިންޑިޔާ ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި އިންޑިޔާ ސަރުކާރުން ދެމުންދާ އެހީތަކަށް މިނިސްޓަރ ވަނީ ޝުކުރު ދަންނަވާފައެވެ.

އިންޑިޔާއިން ވަނީ ކަރެކްޝަންސް ސަރވިސްއަށް 8 ލޯންޗުވެސް ހަދިޔާކޮށްފައެވެ.

އިންޑިޔާގެ ފޮރިން ސެކްރެޓަރީގެ މިދަތުރުފުޅަކީ ރާއްޖޭގެ ފޮރިން ސެކްރެޓަރީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *