ގއ. ދާންދޫ ވޮލީ ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ މަހުލޫފް - ފޮޓޯ: ޔޫތް މިނިސްޓްރީ

ގއ.ނިލަންދޫ އާއި ގއ. ދާންދޫގައި ސަރުކާރުން ތަރައްޤީކުރި އައުޓްޑޯ ވޮލީކޯޓު ރަސްމީކޮށް ހުޅުއްވައިފިއެވެ.

މި  ވޯލީ ކޯޓުތައް ހުޅުއްވާދެއްވީ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހްލޫފެވެ.

ދާންދޫ ވޮލީ ކޯޓު ހުޅުވުމުގެ ގޮތުން ޚާއްސަ ވޮލީ މެޗެއްވެސް ވަނީ ކުޅެފައިވެއެވެ. މި މެޗުގައި މިނިސްޓަރ މަޙްލޫފްގެ އިތުރުން ގއ.ދާންދޫ ދާއިރާގެ  މެމްބަރު ޔަޢުޤޫބް ޢަބްދު الله ވެސް ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

ދާންދޫގައި ވޮލީކޯޓޫ ހުޅުވުމުގެ ގޮތުން ކުޅުނު މެޗުގައި އެދާއިރާގެ މަޖިލީސް މެންބަރު ޔައުގޫބް - ފޮޓޯ: ޔޫތް މިނިސްޓްރީ

ވޮލީކޯޓު ހުޅުވުމަށްފަހު މިނިސްޓަރ އަހުމަދު މަހްލޫފް ވަނީ ނިލަންދޫ ކައުންސިލް މެމްބަރުންގެ އިތުރުން ޒުވާނުންނާއި ބައްދަލުކުރައްވާފައި ޒުވާނުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ. އަދި އެންމެ އަވަހަށް ހައްލުކޮށްދެވެން ހުރި ކަންކަން ހައްލުކޮށްދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދާންދޫ އައުޓްޑޯ ވޮލީކޯޓު ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު އެރަށުގައިވެސް ވަނީ  ޚާއްސަ ވޮލީ މެޗެއް ބާއްވާފައެވެ.  އެ މެޗުގައި މިނިސްޓަރ މަޙްލޫފް އަދި ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު ފުޢާދު އިތުރުން ގއ.ދާންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޔަޢުޤޫބް ޢަބްދު الله ވެސް ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

ގއ. ނިލަންދޫ އައުޓްޑޯ ވޮލީ ކޯޓު - ފޮޓޯ: ޔޫތް މިނިސްޓްރީ

މަހްލޫފް ގއ އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައިި ދާންދޫގައި ތަރައްޤީކުރި އައުޓްޑޯ ޖިމް ރަސްމީކޮށް ހުޅުއްވާދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.  އެއަށްފަހު ރަށު ކައުންސިލް މެންބަރުންނާއި ޒުވާނުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދާންދޫގެ އިތުރުން ދެން ވަޑައިގަންނަވާނީ ގއ.ވިލިނގިލި އަދި ގއ.މާމެންދޫއަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *